ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ

ސެންޓްރަލް ޕާކު ކައިރީ ހިނގާދިޔަ އެކްސިޑެންޓު--

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި މިރޭ އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި މިރޭ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ކާރަކާއި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެންވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު އެ ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދަށް އެއްވެފައިވާ މަންޒަރު ފެނެއެވެ.

އޭގެ ތެރޭގައި ފުލުހުން އެކްސިޑެންޓުވީ މީހުންނަށް އެހީތެރިވާން އުޅޭ މަންޒަރު ވެސް ފެނެއެވެ. އަދި ސްޓްރެޗަރަށް އެމީހުން ލައިގެން އެމްބިއުލާންސަށް އަރުވާ މަންޒަރު ވެސް ފެނެއެވެ.

އެ ސަރަޙައްދުން މަންޒަރު ދުށް މީހަކު "ސަން"އަށް ބުނި ގޮތުގައި ސެންޓްރަލް ޕާކު ކައިރިން އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ދުއްވާފައި ދިޔަ ސައިކަލުތަކުގައި ޖެހިގެންނެވެ.

މާލެ ސަރަހައްދުގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން މި ފަހުން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް