ޓޫވުލޫގެ ރައްޔިތުން އޮސްޓްރޭލިއާއަށް ބަދަލުވުމުގެ ފުރުސަތު

ޓޫލުވޫގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް. ޓޫލުވޫގެ ރައްޔިތުންނަށް އޮސްޓްރޭލިއާއަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް އަލްބަނީސް ވަނީ އިއުލާނުކުރައްވައިފި ފޮޓޯ/ނިއުސް.ކޮމް

ދިވެހިރާއްޖެ ފަދައިން އުފެދިފައި އޮތް ދެކުނު ޕެސިފިކްގެ ރަށެއް ކަމަށްވާ ޓޫވުލޫގެ ހުރިހާ ރައްޔިތުންނަށް އޮސްޓްރޭލިއާއަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ދެއްވައިފިއެވެ.

އެންތޮނީ މިއަދު ސޮއިކުރެއްވި ތާރީހީ އެއްބަސްވުމެއްގެ ދަށުން އޮސްޓްރޭލިއާއަށް ބަދަލުވުވުމުގެ ފުރުސަތު ތޫވުލޫގެ ރައްޔިތުންނަށް ދީފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ކާރިސާތަކުން ސަލާމަތްވުމަށެވެ. މި އެއްބަސްވުމުގެ ދަށުން ޓޫވުލޫގެ ރައްޔިތުންނަށް އޮސްޓްރޭލިއާގެ ވިސާއަށް އެދި ހުށަހެޅޭނެއެވެ. ހާއްސަ ވިސާ ކެޓަގަރީއެއް ގާއިމްކޮށް ކޮންމެ އަހަރަކު 280 ވިސާ ތޫވުލޫއަށް ދޫކުރަން ވަނީ ހަމަޖެހިފައެވެ.

11000 އަށް ވުރެ މަދު އާބާދީއެއް ދިރިއުޅޭ ޖަޒީރާ ޓޫވުލޫ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުގެ ނުރައްކާ އެންމެ ބޮޑު އެއް ޖަޒީރާ ރަށެވެ.

އެ ގައުމުގެ ބޮޑުވަޒީރު ކައުސެއާ ނަތާނޯ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޓޫވުލޫގެ ރައްޔިތުންނަށް އޮސްޓްރޭލިއާގައި މަސައްކަތްކުރުމާއި، ކިޔެވުމުގެ އިތުރުން ދިރިއުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޓުލޫވޫ ޖަޒީރާ ފޮޓޯ/ލޯންލީ ޕްލެނެޓް

އޮސްޓްރޭލިއަން ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނާ ގޮތުގައި 2021 ވަނަ އަހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް އޮސްޓްރޭލިއާ އިން 395000 މީހުން އެ ގައުމަށް ހިޖްރަކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

ނިއުޒީލެންޑާއި އެމެރިކާގައި މިހާރުވެސް ޕެސިފިކް ގައުމުތަކާ އެކު މިފަދަ އެއްބަސްވުންތަކެއް ހެދިފައި ވާއިރު، ފުރަތަމަ އެއްބަސްވުން ހަދާފައި ވަނީ ކޫކް އައިލެންޑްސް އާއި ނިއުއާ އެކުގައެވެ. އޭގެފަހުން ޕަލައު، މައިކްރޯނީޝިއާ އަދި މާޝަލް އައިލެންޑްސްއާ އެކު އެއްބަސްވުން ހަދާފައިވާއިރު، މިއީ އޮސްޓްރޭލިއާ އިން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް