ޓްރެފިކް ޖޫރިމަނާ މާފުކޮށްދޭ ޕްރޮގްރާމުގައި 1249 މީހުން ބައިވެރިވެއްޖެ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދިނުމަށް ޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ބާއްވާ ތަމްރީނު ޕްރޮގުރާމުގައި އިއްޔެގެ ނިޔަލަށް 1249 މީހުން ބައިވެރިވާން ހުޅަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ ޕްރޮގްރާމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިޙު ވިދާޅުވީ އެ މީހުން ޖޫރިމަނާ ކޮށްފައިވާ ސަބަބުތަކަށް ބަލައި، ޕްރޮގްރާމަށް މީހުން ޝޯޓްލިސްޓު ކުރާ އިރު ބައިވެރިންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އިއްޔެގެ ނިޔަލަށް އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު ޕްރޮގްރާމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އަލީ ފާހަަގަކުރެއްވިއެވެ.

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން އަލީ ވަނީ އެ ޕްރޮގްރާމް ހިންގާނީ އެކި ދުވަސްތަކަށް ބަހާލައިގެން ޖުމްލަ 20 ގަޑިއިރަށް ކަމަށް ވިދާޅުވެފައެވެ.

https://sun.mv/183084

މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެންނެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިއަށްދަނިކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވަނީ ގަވައިދާ ޚިލާފަށް ޕާކު ކޮށްގެން، މި ދައުރު ފެށިގެން ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް އަރައިފައިވާ ޕާކިން ޖޫރިމަނާތައް ޝަރުތަކާ ނުލައި މާފުކޮށްދެއްވައިފައެވެ.

އެއާއެކު ޓްރެފިކް ވައިލޭޝަން ޖޫރިމަނާތައް މާފުކުރާ ގޮތަށް އޮތީ، އެ ކަމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ އެ ފުރިހަމަ ކުރުމުންނެވެ.

comment ކޮމެންޓް