އާ ''ޕޯޓްރެއިޓް މޯޑް''އަކާއެކު، އިންސްޓަގްރާމްއަށް ވަރަށް ހިތްގައިމު ފިޗާތަކެއް

ދެ ބިލިއަނަށްވުރެ ގިނަމީހުން މިހާރުވެސް އިންސްޓަގްރާމް ބޭނުންކުރޭ -- ފޮޓޯ/ މެކްރޫމާސް

ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މެޓާގެ އިންސްޓަގްރާމުން އެ ޕްލެޓްފޯމަށް އާ ފީޗާތަކެއް އަންނަކަން އިއުލާނުކޮށްފިއެވެ.

އިންސްޓަގްރާމްއަށް އަލަށް އަންނަ އަފްޑޭޓްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ސްޓްރީސް ބެލޭނެ މީހުންގެ ގިނަ ލިސްޓުތައް ހެދުމުގެ ގާބިލުކަމެވެ. މީގެ ސަބަބުން ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުން އެކި ލިސްޓުތަކަށް ގުރޫޕްކޮށް، ވަކި ލިސްޓަކާ ވަކިން ސްޓޯރީސް ޝެއާ ކުރެވޭނެއެވެ. މީގެ ކުރިން ސްޓޯރީސްއަށް ލެވޭނީ ކްލޯޒް ފްރެންޑްސްގެ އެންމެ ލިސްޓެކެވެ.

މީގެ އިތުރުން އިންސްޓަގްރާމުން އަންނަނީ ސްޓޯރީޒްގެ އޯޑިއޯ އަދި ސެލްފީ ވީޑިއޯ ނޯޓްތައް ވެސް ތައާރަފު ކުރަމުންނެވެ. މި ފީޗާ މެދުވެރިކޮށް ރައްޓެހިންގެ ވާހަކަތަކަށް އޯޑިއޯ ނުވަތަ ވީޑިއޯ ސެލްފީ ނޯޓަކުން ރިޕްލައިކޮށް، ޓެކްސްޓް ރިޕްލައިތަކަށް ވުރެ ޕާސަނަލް ރެސްޕޮންސް އޮޕްޝަނެއް ލިބޭނެއެވެ.

އިންސްޓާގްރާމުން އިއުލާނުކޮށްފައިވާ އެހެން ފީޗާތަކުގެ ތެރޭގައި އާ ޕޯޓްރެއިޓް މޯޑަކާއި ސްޓިކާއަށް ބަދަލުވާ އެންހޭންސްޑް ޓެގްތަކާއި އެޕް އެކްޓިވްކޮށް ބޭނުންކުރާކަން އަންގައިދޭ އޮޕްޓް-އިން ޑިސްޕްލޭއެއް ހިމެނެއެވެ. އިންސްޓަގްރާމުން ބުނީ މި ބަދަލުތަކަކީ ބޭނުންކުރާ މީހުންގެ މެސެޖިން އިތުރަށް ހަރުދަނާކޮށް، މުއާމަލާތްކުރުމާއި، ޕްލެޓްފޯމްގައި މީހުންގެ ތަޖުރިބާ އިތުރަށް ހިއްސާކުރުމުގެ ފުރުސަތުދިނުމުގެ މަގްސަދުގައި ގެނައި ބަދަލެއް ކަމަށެވެ.

މި އާ ފީޗާތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައާރަފު ކުރާނެ ކަމަށް އިންސްޓާގްރާމްއިން އިއުލާންކޮށްފައިވާއިރު، އިންސްޓަގްރާމުން ބުނީ ޒުވާނުންގެ ސިއްހީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ އިތުރުން ހިތްގައިމު އާ އުފެއްދުންތެރި ވަސީލަތްތައް ވެސް ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް