149 ދަރިވަރުންނާއެކު ބާ އިމްތިހާން ފަށައިފި

މިއަރުގެ ބާ އިމްތިހާނުގެ ބާ އިމްތިހާނުގެ ތެރެެއިން _ ފޮޓޮ: ބާ ކައުންސިލް

ބާ ކައުންސިލުން ބާއްވާ މިއަހަރުގެ ބާ އިމްތިހާން 149 މީހުނާއެކު މިއަދު ފަށައިފިއެވެ.

ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނު މިއަދު ބާއްވައިފައިވަނީ ހަމައެކަނި ވެރިރަށް މާލޭގައެވެ.

ބާ ކައުންސިލުން ބުނީ މިއަދު ބޭއްވި އިމްތިހާނުގައި ބައިވެރިވީ 149 މީހުން ކަމަށެވެ. އެއީ އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓާ ކުރި މީހުންގެ 99.3 އިންސައްތައެވެ.

އެ އިމްތިހާންގެ ސުވާލުތައް ތައްޔާރުކޮށްފައިވަނީ ދިވެހި އަދި އިނގިރޭސި ބަހުންނެވެ. ޖުމްލަ 120 ސުވާލު ހިމަނާފައިވާ އެ އިމްތިހާނުގައި ރާއްޖޭގެ ގާނޫނީ ނިޒާމް އެނގޭ މިންވަރު ވެސް ބަލާނެއެވެ.

ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގެ ތެރެއިން ---- ފޮޓޯ: ބާ ކައުންސިލް

ބާ އިމްތިހާނުގެ ސިލަބަހަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން 2024 ވަނަ އަހަރު އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ. އެގޮތުން ބާ ކައުންސިލުން ބުނީ ގާނުނުގެ ދާއިރާތައް މިހާރު ކިޔަވާދެނީ ހަ ދާއިރާ އަކަށް ބަހާލައިގެން ކަމަށެވެ.

ބާ އިމްތިހާނަށް މިހުން ތައްޔާރު ކޮށްދިނުމަށްޓަކައި ބާ ކައުންސިލުން ދަނީ އިމްތިހާނުގައި އަންނާނެ ކަމަށް ލަފާ ކުރެވޭ ސުވާލުތަކެއް އުފައްދައި ދަރިވަރުންނާ ހިއްސާ ކުރަމުންނެވެ.

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ހެދި ފުރަތަމަ ބާ އިމްތިހާނެވެ.

comment ކޮމެންޓް