ވިލާ ކޮލެޖުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ވިލާ ކޮލެޖުން އެ ކޮލެޖުގެ 16 ވަނަ އަހަރީ ދުވަސް ފާހަަގަކޮށްފިއެވެ.

ވިލާ ކޮލެޖަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ކުލަގަދަ ރަސްމިއްޔާތެއް އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ، ވިލާ ކޮލެޖުގެ ކިއުއައި ހޯލުގައެވެ.

މި އިވެންޓް ފެށިގެން ދިޔައީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އަމީޝް އަބްދުالله އާއި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ލެކްޗަރާ މާސްޓާ އޮފް ސެރެމިނީސް ފާތިމަތު ސަމާހަތު ދެއްވި ޝައުގުވެރި ތައާރަފަކުންނެވެ.

އެއަށްފަހު، އެ ކޮލެޖުގެ ރެކްޓާ ޑރ. އަޙްމަދު އަންވަރު ވަނޯ މަރުހަބާގެ ޚިޠާބު ދެއްވައިފައެވެ.

ވިލާ ކޮލެޖުގެ ޑައިމަންޑް އެވޯޑްސްގެ ޝަރަފުވެރި ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި އެވޯޑް ދެއްވީ ޑރ. އަންވަރެވެ.

އެ އަށްފަހު މިދިޔަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޑެޕިއުޓީ ވައިސް ރެކްޓަރު އަބްދުލްމުނީމް މުހައްމަދު މަނިކެވެ.

އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ ޝަރަފުވެރި އެވޯޑް ހަވާލުކޮށްދެއްވީ އެކަޑަމިކް އެންޑް ސްޓޫޑެންޓްސްގެ ޑެޕިއުޓީ ވައިސް ރެކްޓާ ޑރ. އަބްދުﷲ ސާދިގެވެ.

އެ ކޮލެޖް ސްޓާފް ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވެސް ވަނީ އެ ރަސްމިއްޔާތުގައި އިނާމު ދީފައެވެ. އިނާމު ހަވާލުކޮށް ދެއްވީ، އެ ކުލަބުގެ ރައީސް ހިދާޔާ މުހައްމަދު ޒާހިރެވެ.

އޭގެ ފަހުން ވީސީ ޕޮލިސީ ގެޒެޓް، ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރިސާޗް އެންޑް އިނޮވޭޝަންގެ ޑެޕިއުޓީ ވައިސް ރެކްޓާ ޑރ. މުހައްމަދު އަދީލް އެވެ.

މި އިވެންޓަކީ ކާމިޔާބީތައް ފާހަގަކުރުމާއި ކުރިއަށް އޮތް އަހަރުތަކަށް އިތުރު ކާމިޔާބީތަކެއް ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި އިވެންޓެއް ކަމަށް އެ ކޮލެޖުން ބުނެއެވެ.

comment ކޮމެންޓް