ވިލާ ކޮލެޖުގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް

ވިލާ ކޮލެޖްގެ ފަރާތުން ލޭ ހަދިޔާ ކުރަނީ_

ވިލާ ކޮލެޖުގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުން އިސްނަގައިގެން، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ހަރަކާތް ފަށާފައި ވަނީ މިއަދު މެންދުރުފަހު 2:00ގައި، ތެލެސީމިއާ ސެންޓަރުގައެވެ.

ވިލާ ކޮލެޖުން މި ހަރަކާތް ކުރިއަށްގެންދަނީ މޯލްޑިވްސް ބްލަޑް ޑޯނާސްއާ ގުޅިގެންނެވެ.

މި ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ވިލާ ކޮލެޖުގެ މުވައްޒަފުންނާއި ވިލާ ކޮލެޖުގެ ދަރިވަރުންގެ ޖަމްއިއްޔާތައް ކަމަށްވާ ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން، ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީ، ސައިކޮލޮޖީ އެސޯސިއޭޝަން އޮފް ވިލާ ކޮލެޖް އަދި ލޯ ސޮސައިޓީ އޮފް ވިލާ ކޮލެޖް އިންނެވެ.

ވިލާ ކޮލެޖްގެ ފަރާތުން ލޭ ހަދިޔާ ކުރުން_

ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމްގެ މަގުސަދަކީ ވިލާ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އިޖުތިމާއީ ޒިންމާ އާއި "ވޮލަންޓަރިޒަމް" އިތުރުކުރުން ކަމަށް އެ ކޮލެޖުން ބުންޏެވެ.

comment ކޮމެންޓް