މީހެއްގެ ސައިކަލެއް ފޭރިގަނެގެން ދިޔަ ބަޔަކު އެކްސިޑެންޓްވެއްޖެ

އެކްސިޑެންޓު ހިނގައިފައިވާ ސަރަހައްދު --

މާލޭގައި މީހެއްގެ އަތުން ސައިކަލެއް ފޭރިގަތުމަށްފަހު ދުއްވައިފައި ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މާލޭގެ މަގެއް މަތިން ސައިކަލު ފޭރިގަތުމަށްފަހު ދެ މީހަކު އެ ސައިކަލު ދުއްވާފައި ފިލަން ދިޔައީ އޯކިޑް މަގުންނެވެ. އެ މީހުންގެ ފަހަތުން ވެސް ބަޔަކު ދުއްވައިފައި ދިޔަ ކަމަށް ވެއެވެ. ބެލެވޭ ގޮތުގައި އެއީ ސައިކަލުގެ ވެރި ފަރާތެވެ.

އޯކިޑް މަގުން ދުއްވައިފައި ގޮސް، ލިލީ މަގުން އެ މީހުން ފަތުރުވެރިންތަކެއް އަތުން ފޭރިގަތްކަމަށް ވެސް އެނގިފައިވެއެވެ. އެއަށްފަހު، އެ މީހުން ދުއްވައިފައި ދަނިކޮށް ދިވެހި އިންޝިއުރެންސް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓްވީއެވެ.

ފުލުހުން ބުނީ މާލޭ ލިލީ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ މައްސަލަ މިރޭ 7:02 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓް ވީ ސައިކަލަކީ މީހެއްގެ އަތުން ފޭރުމަށްފަހު ދުއްވައިފައި ދިޔަ ސައިކަލެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ބުނެއެވެ.

އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު، ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

comment ކޮމެންޓް