މާޒްގެ ނިިންމެވުމަކީ އަމިއްލަ ނިންމެވުމެއް، އުމަރު ހުންނެވީ އަދިވެސް ގޮތުގައި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ހަރަކާތުން ބޭއްވި ޖަލްސާގެ ތެރެއިން، އުމަރު ނަސީރު އަދި މާޒް އަހްމަދު ސަލީމް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް، އަހްމަދު ސަލީމް (މާޒް) ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް ނިންމެވުމަކީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އެ ނިންމުމުގެ ކުރިން އޭނާގެ ލަފާއަކަށް އެހިނަމަ، ވަކި ކޮޅަކަށް ނުޖެހުމަށް ލަފާ ދެއްވާނެ ކަމަށެވެ.

"އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކީ ވެސް، އަމިއްލަ މިނިވަން ބޭފުޅުންނެވެ. އަމިއްލަ ނިންމުން ނިންމޭނެ ބޭފުޅުންނެވެ. ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާއި، ގާތްކަން އޮންނާނެއެވެ." އުމަރު ލިޔުއްވިއެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން އޭނާ ނިންމެވި ގޮތުގައި، ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.

މާޒް ސަލީމް ރައީސަށް ތާއީދުކުރައްވައި އެ ކަން ހާމަކުރެއްވީ ހުޅުމާލޭގައި މިއަދު އޮތް ރައީސްގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިންނެވެ.

އެ ނިންމެވުމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޭނާ ރައީސަށް ތާއީދުކުރައްވަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ އޭނާއަކީ އަނިޔާވެރިކަމާ ދެކޮޅު މީހަކަށްވުން ކަމަށެވެ.

https://sun.mv/182564

މީގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ގޭންގުތަކުގެ ނުފޫޒު ފޯރާ މަންޒަރު ފެނިލައްވާތީ، އެ ކަމާ ދެކޮޅުވެލައްވާތީ ކަމަށެވެ. އެއީ, އޭނާގެ ބޮޑު ކަންބޮޑުވުމެއްކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރަސްމީކޮށް އެމްޑީޕީއަށް ސޮއި ވެސް ކުރައްވާނެ ކަމަށެވެ.

މާޒް ސަލީމަކީ އުމަރުގެ ޒަމާންވީ އެކުވެރިއެކެވެ. އުމަރުގެ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ދުވަސްވަރުން ފެށިގެން އޭނާ އަބަދުވެސް ސިޔާސީ މަސައްކަތް ކުރައްވާފައިވަނީ އުމަރާ އެކީގައެވެ. ސަލީމް ވަނީ އުމަރުގެ ހޯމް މިނިސްޓަރުގައި، ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

comment ކޮމެންޓް