ސްޓާލިންކްގެ ޚިދުމަތް މިއަހަރު ފަހުކޮޅު ފެށުމަށް އަމާޒު ހިފައިފި

ސްޓާލިންކަށް އައިއެސްޕީ ލައިސެންސު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ މާހިލް އާތިފް

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޯން މަސްކުގެ ސްޓާލިންކު ޕްރޮޖެކްޓުން ރާއްޖެއަށް ޚިދުމަތް ދިނުމަށް އަމާޒު ހިފާފައި ވަނީ މި އަހަރު ފަހުކޮޅު ކަމަށް, ކޮމިނިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ބުނެފިއެވެ.

ސްޓާލިންކުން ރާއްޖެއަށް ޚިދުމަތް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ދީފައި ވަނީ، މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.

ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދު މިއަދު "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އަދި ސްޓާލިންކުގެ ޚިދުމަތް ދޭނެ ވަކި ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މި އަހަރު ފަހުކޮޅުގައި ޚިދުމަތް ދިނުމަށް މަަސައްކަތް ކުރާކަމަށާއި އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އެއްމަސް ކުރިން އެ ކުންފުންޏަށް ޚިދުމަތް ދިނުމުގެ ހުއްދަ ދީފައި ވާއިރު، ހުއްދަ ދިނުމާ ބެހޭ މަޝްވަރާތައް ކުރިއަށް ދާތާ ދުވަސްކޮޅެެއް ވަނީ ވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެކަމާ ގުޅޭ މަޝްވަރާތައް ކުރިކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

https://sun.mv/181243

ސްޓާލިންކުން އިންޓަނެޓު ޚިދުމަތް ދެނީ 1700 އަށްވުރެ ގިނަ ސެޓެލައިޓު ދުނިޔޭގެ ތިރީ އޯބިޓަށް ފޮނުވައިގެންނެވެ. އެ ޚިދުމަތް މިހާރު ދުނިޔޭގެ ހުރިހާ ބައްރަކަށް ވަނީ ފުޅާވެފައެވެ. ރާއްޖޭގައި މި ޚިދުމަތް ފެށުމާއެކު ވާނީ ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ފުރަތަމަ ޚިދުމަތް ލިބޭ ގައުމަށެވެ.

comment ކޮމެންޓް