ގޫގުލްގެ ޖެމިނައި އޭއައިއަށް އާ ޓޫލްތަކާއެކު ބޮޑު އަޕްޑޭޓެއް!

ޖެމިނައިގެ ގާބިލުކަން އިތުުރކުރުމަށް ގޫގުލްއިން ދަނީ ތަފާތު އަޕްޑޭޓްތައް ނެރެމުން ---

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ގޫގުލްގެ ޖެމިނައި އޭއައިއަށް އާ ޓޫލްތަކާއެކު ބޮޑު އަޕްޑޭޓޭއް އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ގެޖެޓް 360 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޫގުލްގެ ޖެމިނައި އޭއައިއަށް އެތައް ބަދަލުތަކެއް ގެނެސް، އާ ޓޫލްތަކާއި ނިއުސް ޕަބްލިޝަރުންނާ އެކު ވިޔަފާރީގެ އާ ޕާޓްނާޝިޕްތަކެއް ވަނީ އިޢުލާނުކޮށްފައެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ޖެމިނައި 2.5 ޓެކްސްޓް-ޓު-ސްޕީޗް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކަށް ގެނެވުނު ކުރިއެރުމެވެ. މިއީ ޑިވެލޮޕަރުންނަށް އަޑުގެ ޓޯނާއި، ވާހަކަ ދައްކާ ސްޕީޑް އަދި އެކި ވާހަކަ ދައްކާ މީހުންގެ އަޑު އެއްގޮތްކޮށް ބެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެ ބަދަލެކެވެ.

https://sun.mv/214729

ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޖެމިނައި 2.5 ފްލެޝް ޓީޓީއެސް އާއި ޖެމިނައި 2.5 ޕްރޯ ޓީޓީއެސް މިހާރު ވަނީ ޑިވެލޮޕަރުންނަށް ޕްރިވިއުއެއްގެ ގޮތުގައި ލިބޭގޮތް ހަދާފައެވެ. މި އަޕްޑޭޓް ކުރެވުނު މޮޑެލްތަކުގައި އަޑުގެ އިޙްސާސްތައް އިތުރަށް ރަނގަޅުކޮށްފައިވާ އިރު، އެއީ އިވޭއިރު ތަބީޢީ އަޑަކާ އެއްގޮތް އަޑެކެވެ. އަދި އެކި ސްޓައިލްގެ އޯޑިއޯ އުފެއްދުމަށް ވެސް މިހާރު ފުރުސަތު ލިބިގެންދެއެވެ.

ޑިވެލޮޕަރުންނަށް މިހާރު ވަކި ޓޯނުތަކާއި ވާހަކަ ދެއްކުމުގެ ސްޓައިލްތައް މޮޑެލްއަށް ދައްކައިދީ، ވާހަކަ ދައްކާ ސްޕީޑަށް ބަދަލު ގެނެސް، އަދި އެކި މީހުން ވާހަކަ ދައްކާ ކޮންޓެންޓްގައި އަޑުތައް ބަދަލުވާ ގޮތް މެނޭޖްކުރެވޭނެއެވެ.

ގޫގުލް ބުނާ ގޮތުގައި މި މޮޑެލްތައް މިހާރު ބޭނުންކުރެވޭނީ އިންޓަރެކްޓިވް ވާޗުއަލް އެސިސްޓެންޓްސް، އޯޑިއޯބުކްސް، ޕޮޑްކާސްޓްސް އަދި ލޯކަލައިޒްޑް އޯޑިއޯ ނެރެޓިވްސް ފަދަ އިތުރަށް ކޮމްޕްލެކްސް ކަންކަމަށެވެ.

ގޫގުލްގެ ސާޗް ފީޗާސްތައް ބޭނުންކުރާ މީހުންގެ ޝައުޤުވެރިކަމަށް އިތުރަށް އިޖާބަދޭނެ ގޮތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ވެސް ވަނީ ހާމަކޮށްފައެވެ.

މި ބަދަލުތަކުގެ ތެރޭގައި "ޕްރިފާޑް ސޯސަސް" ނަމަކަށް ކިޔާ އޮޕްޝަނެއް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތަޢާރަފްކުރުން ހިމެނެއެވެ. މި އޮޕްޝަން ބޭނުންކޮށްގެން، ޔޫޒަރުންނަށް އެމީހުންގެ ނިއުސް އަދި ކޮންޓެންޓް ފީޑްތައް ކަސްޓަމައިޒްކުރެވޭނެއެވެ. އެގޮތުން، އެމީހުން ހޮވާލާ ވެބްސައިޓްތަކުގެ ނަތީޖާ އިތުރަށް ފެންނާނެއެވެ.

މީގެ އިތުރުން، ގޫގުލްގެ ޖެމިނައި އެޕް އަދި ސާޗްގެ އޭއައި މޯޑް ގައި ނިއުސް ސަބްސްކްރިޕްޝަން ލިންކްތައް އިތުރަށް ފެންނާނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޔޫޒަރުންނަށް އޭއައިގެ ޖަވާބުތައް ފެންނައިރު، އެމީހުން ސަބްސްކްރައިބްކޮށްފައިވާ ޕަބްލިޝަރުންގެ އިތުރު ސޯސްތައް ފެންނާނެއެވެ. އަދި އޭއައިގެ ޖަވާބުތަކުގައި ހިމެނޭ ލިންކްތަކުގެ ޢަދަދު ވެސް ވަނީ އިތުރުކޮށްފައެވެ.

ގޫގުލް މިހާރު ވަނީ މީޑިއާގެ ބޮޑެތި ޖަމާޢަތްތަކާއި ގުޅިގެން ވިޔަފާރީގެ ޕާޓްނަރޝިޕް ޕްރޮގްރާމްތަކެއް ޕައިލެޓްކުރަން ފަށާފައެވެ. މި މަސައްކަތުގެ މަޤްޞަދަކީ އޭއައި ޓޫލްސް ބޭނުންކޮށްގެން ނިއުސް ޕްލެޓްފޯމްތަކުގައި އޯޑިއަންސްގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތައް ހޯދުމެވެ.

މި އިނިޝިއޭޓިވްގައި އޭއައި ބޭނުންކޮށްގެން އާޓިކަލްތަކުގެ މައްޗަށް ކުރު އޯވަވިއުއެއް އަދި އޯޑިއޯ ބްރީފިންގްސް ތައްޔާރުކުރުން ހިމެނެއެވެ. މި ހުރިހާ ކަމެއްގައި ވެސް އަސްލު ކޮންޓެންޓަށް ސާފުކޮށް އިޝާރާތްކޮށް، ލިންކްތައް ހިމަނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު