''ހިންނަވަރު އިބޫ''އަށް އަމިއްލަ ރަށުން ޝަރަފުވެރި މަރުހަބާއެއް!

ރައީސް ޞާލިހު ހިންނަވަރަށް ވަޑައިގަތުން. ރައީސް ވަޑައިގަތުމާއެކު ހޫނު މަރުހަބާއެއްވަނީ ކިޔައިފައި -- ފޮޓޯ/ އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހިންނަވަރަށް ވަޑައިގަތް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ލޯންޗުކޮޅު ރަށުގެ ފަޅު ތެރެއަށް ވަތް ވަގުތު މުޅި ރަށުގައި އެއް އަޑަކުން އިވެމުން ދިޔައީ، މަރުހަބާގެ އަތްތިލަބަޑީގެ އަޑެވެ.

ގޮވަމުން އައީ، މުޅި ރަށް 'އިބޫ އާމެދު ފަޚުރުވެރިވާ' ކަމަށެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ޓަކައި ސަފުގެ އެންމެ ކުރީގައި ހުންނެވީ 25 އަހަރު ރައީސް އިންނެވި މި ދާއިރާގެ މަޖިލީހުގެ ގޮނޑި މިހާރު ފުރުއްވަމުންދާ ޖީހާން މަހްމޫދެވެ.

ރައީސް ޞާލިހު ހިންނަވަރަށް ވަޑައިގަތުން. ރައީސް ވަޑައިގަތުމާއެކު މެމްބަރު ޖީހާން އާއި ރައީސް އެކުގައި -- ފޮޓޯ/ އެމްޑީޕީ

ރައީސާ ސަލާންކުރަން ތިބި މީހުންގެ ސަފު ދެމިގެން ގޮސްފައިވަނީ ހަމައެކަނި ބަނދަރުގެ ދިގުމިނަކަށް ނޫނެވެ.

ބަނދަރާ ހަމައިން ނެއްޓި، ރަށު ތެރެއިން ދެތިން މަގު ހުރަސްކޮށް، އެމްޑީޕީ ހަރުގެއާ ހަމައަށް އޮތީ ސަފު ދަމައިލައިފައެވެ. މި ސަފުތަކުގައި އެ މަނިކުފާނުގެ އެކުވެރިންނާއި، އާއިލާގެ މެމްބަރުން ހިމެނެއެވެ. ރަށުގެ ކުދިބޮޑު އެންމެން ހިމެނެއެވެ.

ހަމައެކަނި އެއެންމެންނާ ސަލާންކުރުމަށް ވެސް 45 ވަރަކަށް މިނެޓް ރައީސް ހޭދަކުރެއްވިއެވެ.

ރައީސް ޞާލިހު ހިންނަވަރަށް ވަޑައިގަތުން. ރައީސް ވަޑައިގަތުމާއެކު ހޫނު މަރުހަބާއެއްވަނީ ކިޔައިފައި -- ފޮޓޯ/ އެމްޑީޕީ

"އަހަރުމެން ފަޚުރުވެރިވޭ އިބޫއާމެދު. މި ރަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވި ވެރިކަން ކުރީ. މުޅި ރާއްޖެއަށް ގިނަ ތަރައްގީގެ މަސައްކަތްތަކެއް ގެނެސްދިން،" ސަފުގައި ހުރި މީހަކު ބުންޏެވެ.

މީގެ އިތުރުން ރައީސްގެ އެކުވެރި، އޯގާތެރި، މަޑުމައިތިރި މިޒާޖާއި ހަރުދަނާކަމަކީ މި ރަށު ރައްޔިތުންގެ ލޯބި އެ މަނިކުފާނަށް ފުރި ބަންޑުންވާ ސަބަބެކެވެ.

ކެޕްޝަން..

"އަޅުގަނޑު ދުވަހަކު ވެސް ނުދެކެން މިހާ ކެތްތެރި ވެރިއަކު. ބޮޑެތި ބަލިމަޑުކަމާއި، ރޯގާތައް އައިސްފި. އަނެއްކާ އެ ބުނާ ރަޝިއާ ހަނގުރާމަ ވެސް އައިސްފި. އެކަމު މިއަދު އެންމެން ވެސް ސަލާމަތުން މި ތިބީ. އެއީ ކެތްތެރިކަން އިސްކުރާ މީހަކަށް އޭނާ ވާތީ،" ރައީސްއާ ސަލާންކުރުމަށް ސަފުގައި ހުރި މީހަކު ބުންޏެވެ.

މި އެންމެން ނިކުމެ ތިބީ ރައީސް ދެވަނަ ދައުރަކަށް ހޮވުމަށެވެ. ފުރިހަމަ އަޣުލަބިއްޔަތު މި ރަށު އިބޫއަށް ނުދޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް މި ރަށުގެ ހުރިހާ ރައްޔިތުން ވެސް ބުނެއެވެ.

"ދެން ވެސް ދެކެން ބޭނުންވަނީ ހަމަ މި ހިިންނަވަރު އިބޫގެ ވެރިކަން،" މި ރަށު މީހަކު ބުންޏެވެ.

comment ކޮމެންޓް