ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 149 ރުފިޔާއަށް 100ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތަށް ލިބޭ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ ފަސްދުވަހުގެ މުއްދަތަށް ލިބޭ އެ ޕެކޭޖަކީ ދިރާގުގެ 100ޖީބީ ޑޭޓާ ޕެކްގައި ހިމެނޭ އޮފާއެއްކަމަށެވެ.
އެ ޕެކޭޖު ބޭނުންކޮށްގެން ގޭމްކުޅެ، މިއުޒިކް ސްޓްރީމްކޮށް، ފިލްމް ނުވަތަ ސީރީޒް ބަލާލުމަށް ހަލުވި އިންޓަނެޓު ލިބޭނެއެވެ.
މި ޑޭޓާ ޕެކްގެ އިތުރުންވެސް ދިރާގުން ވަނީ އެކި މުއްދަތުތަކަށް 100ޖީބީ ޑޭޓާ ލިބޭ ޕެކްތަކެއް ލޯންޗުކޮށްފައެވެ. އެއީ
- 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
- 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
- 100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
- 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
- 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް
މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ.