ސޮނީ ސްޕޯޓްސްއިން 'ނައިކީ'އަށް ޚާއްޞަ އާ ފިހާރައެއް ހުޅުވައިފި

ސޮނީ ސްޕޯޓްސްގެ އާ ފިހާރަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މާލޭގައި ސޮނީ ސްޕޯޓްސްގެ އާ ފިހާރައެއް ހުޅުވައިފިއެވެ.

ހުކުރު ދުވަހު ހުޅުވި މި ފިހާރައަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ނައިކީ ބްރޭންޑުގެ އެންމެ ގިނަ އޮރިޖިނަލް އުފެއްދުންތައް ރާއްޖޭގައި އެއް ތަނަކުން ލިބޭނެ ފިހާރައެވެ.

އޭގެ ތެރޭގައި ދުވުމަށާއި ފުޓުބޯޅަ ކުޅުމަށާއި އެހެނިހެން ތަމްރީނުތަކަށް ބޭނުންކުރެވޭނެ ތަކެތި ލިބެން ހުންނާނެ ކަމަށް ސޮނީ ސްޕޯޓްސްއިން ބުންޏެވެ.

ސޮނީ ސްޕޯޓްސްގެ އާ ފިހާރަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މި ފިހާރަ ހުންނާނީ މާލޭގެ މަޖީދީމަގުގައި، ކުރީގެ ސިޓީ ކައުންސިލާ ޖެހިގެންނެވެ.

މި ފިހާރަ ހުޅުވުމާއެކު، މި ފިހާރައިން ދަނީ 'ސެވަން ޑޭސް އޮފް ބިގާ، ބެޓާ ނައިކީ ޑީލްސް'ގެ ނަމުގައި ޕްރޮމޯޝަނެއް ހިންގަމުންނެވެ. ހަތް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންއާއެކު، އެ ފިހާރައިން ގަންނަ ތަކެތިން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދެއެވެ.

އަލަށް ހުޅުވި މި ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10:00އިން 12:00އަށް، މެންދުރު ފަހު 2:00އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:00އަށެވެ

މި ފިހާރައަކީ ސޮނީ ސްޕޯޓްސް ރިބްރޭންޑް ކުރި ފަހުން ހުޅުވި ފުރަތަމަ ފިހާރައެވެ.

comment ކޮމެންޓް