ސޮނީ ސްޕޯޓްސްގެ އާ ލައިފްސްޓައިލް ފިހާރައެއް ހުޅުވަނީ

ސޮނީ ސްޕޯޓްސްއިން ވަނީ މާލޭގައި އާ 'ލައިފްސްޓައިލް' ފިހާރައެއް ހުޅުވަން ތައްޔާރުވެފަ --

ސޮނީ ސްޕޯޓްސްއިން މާލޭގައި އާ 'ލައިފްސްޓައިލް' ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

މާލޭގެ މަޖީދީމަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ އާ ފިހާރަ ހުޅުވާނީ މާދަމާ ރޭ 8:00ގައެވެ.

ސޮނީ ސްޕޯޓްސްއިން ބުނި ގޮތުގައި އެ ފިހާރައަކީ ރާއްޖޭގައި އެއް ތަނަކުން ނައިކީ ބްރޭންޑުގެ އެންމެ ގިނަ އުފެއްދުންތައް ލިބޭނެ ފިހާރައަށް ވާނެއެވެ. އޭގެ ތެރޭގައި ދުވުމަށާއި ފުޓުބޯޅަ ކުޅުމަށާއި އެހެނިހެން ތަމްރީނުތަކަށް ބޭނުންކުރެވޭނެ ތަކެތި ލިބެން ހުންނާނެ ކަމަށް ސޮނީ ސްޕޯޓްސްއިން ބުންޏެވެ.

އެ ފިހާރަ ހުޅުވުމާއެކު 'ސެވަން ޑޭސް އޮފް ބިގާ، ބެޓާ ނައިކީ ޑީލްސް'ގެ ނަމުގައި ޕްރޮމޯޝަނެއް ކުރިއަށްގެންދާނެއެވެ. ހަތް ދުވަހަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން، އާ ފިހާރައިން ވިއްކާ ތަކެތިން 30 ޕަސެންޓް ޑިސްކައުންޓް ދޭނެއެވެ.

ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10:00އިން 12:00އަށް، މެންދުރު ފަހު 2:00އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:00އަށެވެ.

comment ކޮމެންޓް