ބާރަށު މީހަކު ގެއްލިގެން ހޯދަނީ

މުޙައްމަދު ތަޢުފީޤު --

ހއ. ބާރަށު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ގެއްލިގެން ހޯދަން އިއުލާނު ކޮށްފައި ވަނީ، އެރަށު ސައިނިންސްޓާ، މުޙައްމަދު ތަޢުފީޤު، 35 އެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މެންދުރު 01:30 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، މިދިޔަ އަންގާރަ ދުވަހު 11:00 ހާއިރު ކަމަށެވެ.

"އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން އެދިފައި ވަނީ ތައުފީގާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351އަށް ގުޅުމަށެވެ.

comment ކޮމެންޓް