މެންބަރު ސިރާޖު އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު އެމްޑީޕީން ވަކިވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން އިތުރަށް އެމްޑީޕީގައި ހުންނަން ބޭނުންނުވާތީ، އެ ޕާޓީން ވަކިވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް ސިރާޖު އެ ޕާޓީން ވަކިވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. އެކަމަކު، އެ ފަހަރުގެ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށެވެ.

އެހެންނަމަވެސް، މި ފަހުން ސިރާޖު ހުންނެވީ އެމްޑީޕީގެ ހަރަކާތްތަކާ ދުރުގައެވެ. އޭނާ އެ ޕާޓީން ވަކިވެފައިވާއިރު، ދެން އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތައް ވެސް ފެތުރުނެވެ. އެކަމަކު، މިހާތަނަށް އޭނާގެ ޖަވާބެއް ލިބިފައެއް ނުވެއެވެ.

ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިރާޖު ސިޔާސީ ދާއިރާއަށް ނުކުންނެވީ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާ ހަމައިންނެވެ.

comment ކޮމެންޓް