މެންދުރުގެ ގަދަ ހޫނުގައި މުޅި ބޮޑުފޮޅުދޫއިން ރައީސަށް ކީ އާދަޔާ ޚިލާފު މަރުހަބާއެއް!

އއ. ބޮޑުފޮޅުދުއަށް ރައީސް ވަޑައިގަތުން. ގަދަ ހޫނުގައި ވެސް މުޅި ރަށް އޮތީ ރައީސަށް މަރުހަބާ ކިޔަން ނިކުމެ -- ފޮޓޯ/ އެމްޑީޕީ

"ހިތްތަކޭ އުފަލުން އުތުރިއަރާ، ފެނިފާ މި ތަރައްގީ

ބޮޑުފޮޅުދޫއިން ޝޯޚުވެދާތީއޭ ގެނުވައިދިން ބަދަލުން ދައުރު ތެރޭ

އުފަލުން އުތުރި އަރައި، ފެނިފާ މި ތަރައްގީ

ބޮޑުފޮޅުދޫއިން ޝޯޚުވެދާތީއޭ ގެނުވައިދިން ބަދަލުން ދައުރު ތެރޭ،"

މިއީ މިއަދުގެ ތިންވަނަ ރަށްކަމަށްވާ އއ. ބޮޑުފޮޅުދޫ ބަނދަރުން އަޅުގަނޑު ދަތުުރުކުރަމުން އައި ލޯންޗު ވަދެގެން އައިއިރު މުޅި ރަށުގައި ގުގުމަމުން ދިޔަ ލަވައެެވެ.

އއ. ބޮޑުފޮޅުދުއަށް ރައީސް ވަޑައިގަތުން. ގަދަ ހޫނުގައި ވެސް މުޅި ރަށް އޮތީ ރައީސަށް މަރުހަބާ ކިޔަން ނިކުމެ -- ފޮޓޯ/ އެމްޑީޕީ

ހިތްތައް އުތުރި އަރައި ވާހަކައާއި ތަރައްގީގެ ވާހަކައެެވެ. ރަށަށް ފޭބުނީ އެ މަންޒަރުގެ ތެރެއަށެވެ. ރަށުގެ ބަނދަރު ފެށޭ ހިސާބުން ފެށިފައި އޮތް މަރުހަބާގެ ސަފުގެ ކޮޅާކޮޅު ފެންނާން ވެސް ނެތީއެވެ.

ފައްސަތޭކައެއްހާ މީހުންގެ ވޯޓުލާ އާބާދީއެއް އޮޮންނަ މި ބޮޑުފޮޅުދޫ އެއްކޮށް އޮތީ ރައީސަށް މަރުހަބާ ކިޔުމަށް ނިކުމެއެވެ. ސަފު ނިމުނީ ރަށުގެ އަނެއްފަރާތުން ރަށް ނިމެން ކައިރިވެފައިވަނިކޮށެވެ.

މެންދުރުގެ ގަދަ ހޫނަކަށް ބެލުމެއް ނެތެވެ. ކުދި ބޮޑު އަންހެން، ފިރިހެން، ހަގެއް ދޮޮއްޓެއް ބެލުމެއްނެތި ސަފުތަކުގައި އެތައް އިރެއް ތިއްބެވެ.

"މިއީ މި ބޮޑުފޮޅުދޫއަށް މި ބަދަލު ގެނައި ރައީސް. އަހަރުމެން ދެން އިތުރު އެންމެ ވެރިއަކު ވެސް ބޭނުމެއް ނެތް. އެއީ މިއަދު އަގެއް ނެތް ބައެއް. އަޅުގަނޑުމެންގެ މުޅި މި ރަށުން ރައީސަށް އެއްވަނަ ދޭނަން،" ބޮޑުފޮޅުދޫއިން "ސަން"އާ ވާހަކަދެއްކި ޒުވާން ފިރިހެނަކު ބުންޏެވެ.

އއ. ބޮޑުފޮޅުދުއަށް ރައީސް ވަޑައިގަތުން. ގަދަ ހޫނުގައި ވެސް މުޅި ރަށް އޮތީ ރައީސަށް މަރުހަބާ ކިޔަން ނިކުމެ -- ފޮޓޯ/ އެމްޑީޕީ

ރަށުގެ އަންހެނުން ފޯރިގައި ކިޔަމުން ދިޔަ ލަވަތަކާއި ޖަހަމުން ދިޔަ އަތްތިލަ ބަޑީގައި ވެސް ތަކުރާރުކުރަމުން އައީ ހަމަ މި ވާހަކަތަކެވެ. މުޅި ރަށް ޖަރީކޮށްފައިވަނީ ކޯލިޝަންގެ ކުލަތަކުންނެވެ.

ހޫނު މަރުހަބާއެއް ކިޔުމުގެ އިތުރުން މި ރަށުން 62 މީހަކުވަނީ އެމްޑީޕީ މެމްބަރުންގެ ގޮތުގައި ޕާޓީއާ އަލަށް ގުޅިފައެވެ.

ހަމައެއާއެކު މިއަދު ބޮޑުފޮޅުދޫ ކައުންސިލް ރައީސް ޝުޖާއު އާދަމާއި ނައިބު ރައީސް ވެސްވަނީ އެމްޑީޕީއަށް ސޮއިކުރައްވައި، ރައީސަށް ފޯމު ހަވާލުކުރައްވައިފައެވެ. އެއީ މި ރަށުގައި ކުރިން ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި ދެ މެމްބަރުންނެވެ.

އެއާއެކު ރަށުގައި އެމްޑީޕީގެ ޖަގަހައެއް ވެސް ރައީސްވަނީ ހުޅުވައިދެއްވައިފައެެވެ.

ރައީސްވަނީ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ކިއީ ހޫނު މަރުހަބާއަށް ޝުކުރު އަދައިކުރައްވައިފައެވެ. އަދި ރައްޔިތުން އެދުނު ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް