މިނިސްޓަރު މައުސޫމް ޖޭޕީން ވަކިވެވަޑައިގެންފި

ޓުއަރިޒަމް މިނިސްޓަރ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރު 4:00 ގައި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި ވާކަމަށެވެ. އޭނާ ޖޭޕީއާ ގުޅިވަޑައިގެންނެވީ 2014 ވަނަ އަހަރުގެ މެއި މަހުއެވެ.

ޖޭޕީގައި ހުންނެވި މުއްދަތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޕާޓީގެ ލީޑާޝިޕާއި މެމްބަރުން ބެހެއްޓެވި ގާތް ކަމަށްޓަކައި މައުސޫމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގެ ސްލޮޓުގައި މިނިސްޓަރު ކަމުގައި ހުންނަވަނީ ޖޭޕީން ލިބިވަޑައިގެންނެވި ސްލޮޓެއްގައެވެ.

މިނިސްޓަރު މިއަދު ޖޭޕީން ވަކިވެވަޑައިގެންނެވި ނަމަވެސް މީގެ ހަތަރު މަސް ކުރިން އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާ އެކު ކޯލިޝަން ހެއްދެވުމަށް ދެއްވި ދައުވަތު ގާސިމް ގަބޫލުފުޅެއް ނުކުރެއްވިއެވެ.

comment ކޮމެންޓް