84،000 ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު އިމާދުއްދީން ކުދިން ސްކޫލަށް ވަންނަނީ-- ސަން ފޮޓޯ: މާހިލް އާތިފް

ބޮޑު ޗުއްޓީއަށް ފަހު 84،000އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މި ފެށުނު ދިރާސީ އާ އަހަރާއެކު، ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެއެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ
ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވާގޮތުގައި، މިއަހަރު ގްރޭޑް އެކެއްގައި 7000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަން ފަށާއިރު އޭގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް އެކެކަށް 2491 ދަރިވަރުން ވަނީ އެންރޯލް ކޮށްފައެވެ.

ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާ އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭނެއެވެ.

ދިރާސީ އައު އަހަރު ފެށޭ އިރު، ސްކޫލުތަކުން ވަނީ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ސްކޫލު ހުޅުވުން ކުލަ ގަދަކޮށް ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް