ޕީއެންސީގެ ޓިކެޓަށް ވާދަކުރަން ހުޅުވާލައިފި، 4 ގައި ވޯޓަށް އަހަނީ

ރިޔާސީ އިންތިޚާބުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކޯލިޝަން ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވުމާ ގުޅިގެން، ކެންޑިޑޭޓަކު ނެރެން ނިންމައި، ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީޕީއެމްގެ މައި އޮފީހުގައި 47 ސެނެޓަރުންނާ އެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ، ޕީއެންސީން އިންތިޚާބުގައި ވާދަކުރުމާ މެދު ރަސްމީކޮށް ގޮތެއް ނިންމުމާއި އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް އަމަލު ކުރާނެ ގޮތެއް ނިންމައި، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ބައިވެރިވި 47 ސެނެޓަރުންގެ ތެރެއިން 44 ސެނެޓަރުންގެ އިއްތިފާގުން އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން މިއަދު މެންދުރު ފަހު، 2:00 ގެ ނިޔަލަށް ފޯމު ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ. އަދި، މިއަދު 4 ޖަހާއިރު އޮންނަ ސެނެޓު ބައްދަލުވުމުގައި ކެންޑިޑޭޓަކު ކަނޑައަޅަން ވޯޓަށް އަހަން ވަނީ ނިންމައިފައެވެ.

https://sun.mv/180324

ޕީޕީއެމް/ޕީއެންސީން އޮތީ ޔާމީނަށް ރިޔާސީ ޓިކެޓު އަރުވަން މާ ކުރިން ނިންމައިފައެވެ. އެކަމަކު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ގައި ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެހެންވެ، ޖަލުގައި ހުންނަވައިގެން ސޮއި ކުރައްވާ، ހުށަހެޅުއްވި ޔަމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެކަމަކު، ސުޕްރީމް ކޯޓުން ވެސް އެ މަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ނިންމައިފާނެ ހާލަތަކަށް ބައްލަވާފައި، ޔާމީން ވަނީ ޕީއެންސީން 'ބެކަޕް' ކެންޑިޑޭޓެއް ނެރެން އަންގަވައިފައެވެ.

އެހެންވެ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ޔާމީން ކެންޑިޑޭޓެއް ކަނޑައަޅުއްވައިދެއްވަން އެދިވަޑައިގެންފައެވެ. އެކަމަކު، ވަކި ބޭފުޅަކު އިޙްތިޔާރު ކުރައްވަން ދެކޮޅު ހައްދަވައި، އެ މަނިކުފާނު ވަނީ އެ ބާރު ސެނެޓަށް ދޫކޮށްލައްވައިފައެވެ.

https://sun.mv/180330

ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވަން މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އެނގިފައިވާ ގޮތުގައި، ޕީއެންސީގެ ރިޔާސީ ޓިކެޓަށް އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅު ކޮށްފައެއް ނުވެއެވެ.

މިހާރު ކުރިއަށްދާ ސެނެޓު ބައްދަލުވުމުގައި އިންތިޚާބާ މެދު ގޮތެއް ނިންމުމުން، ވާދަ ކުރައްވާނެ ކެންޑިޑޭޓުން މިއަދު ހަވީރު ފޯމު ހުށަހަޅާނެއެވެ. އަދި، މިރޭ ބާއްވާ ސެނެޓު ބައްދަލުވުމުގައި ކެންޑިޑޭޓަކު ނިންމަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް