އިދިކޮޅުން ޑރ. ޖަމީލް ނެރެފިނަމަ ރައީސް މާ ފަސޭހައިން ކާމިޔާބު ކުރައްވާނެ: އިމްރާން

އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި އިމްރާން ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ކަނޑައަޅައިފި ނަމަ އިންތިޚާބު ކާމިޔާބު ކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މާ ފަސޭހަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ރައީސް އެއްބުރުން އިންތިޚާބު ކާމިޔާބުކުރެއްވުމަށް އޮތް އެންމެ ފަސޭހަ ފޯމިއުލާ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައި އިލެކްޝަންސްއަށް ހުށަހެޅީ ޑރ. ޖަމީލްގެ ނަންފުޅެވެ. ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް އީސީން ނިންމުމާ ގުޅިގެން އެ ނިންމުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މީގެ އިތުރުން، ޕީޕީއެމާއި އެއް ކޯލިޝަނެއްގައި އޮތް ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން މަޝްވަރާތައް ކުރަމުން އެބަދެއެވެ.

ޑރ. ޖަމީލަކީ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސެވެ. އަދި އެމަނިކުފާނުގެ އިސްވަކީލު ވެސްމެއެވެ.

comment ކޮމެންޓް