އަދުލު އިންސާފު ޤާއިމްކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން --- ފޮޓޯ/ޑީޖޭއޭ

އަދުލު އިންސާފު ޤާއިމްކުރެވޭނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް، އިންސާފު ލިބޭނެ އެންމެހާ ގޮތްތަކަކީ ކޮބައިތޯ ބަލައި، ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދައި ދީގެން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެއެވެ.

ކޯޓުތަކުން ކުރާ މަސައްކަތްތަކަށް އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭން “ކޯޓަށް ފަރިތަ” އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވާ ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގެ މަސައްކަތަކީ ޒިންމާދާރުކަން ބޮޑު މަސައްކަތެއް ކަމަށެވެ.

އެގޮތުން އަދުލުއިންސާފު ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ވަރަށްވެސް އިހްލާސްތެރިކަމާ އެކު ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ދެފަރާތުން ދައްކާ ވާހަކަތައް އަހައި، ގާނޫނާއި އެއްގޮތަށް ދެ ފަރާތުގެ މެދުގައި އުފެދިފައި ހުންނަ ދައުވާއަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދުލު އިންސާފު ޤާއިމްކުރެވޭނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޒިންމާދާރު، އިންސާފު ލިބޭނެ އެންމެހާ ގޮތްތަކަކީ ކޮބައިތޯ ބަލައި ސާފުސީދާކޮށް އަޅުގަނޑުމެން ކުރިމައްޗަށް ގެނެސްދީ،ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދައި ދީގެން. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރަކު ކުރަން އެންމެ މުހިންމު އެއް ކަމަކީ އާންމުންނަށް ކޯޓުން ދޭ ޚިދުމަތްތަކަކީ ކޮބައިކަމާ އެ ޙިދުމަތްތައް އާންމުންނަށް ލިބޭނީ ކިހިނެއްކަން އެންގައިދުނުުގެ އިތުރުން އެ ޚިދުމަތްތައް ލުއިފަސޭހަކަމާ އެކު ފޯރުކޮށްދިނުމެވެ. އެގޮތުން މި ކެމްޕެއިންގެ ދަށުން ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޯޓަށް ފަރިތަ" ކެމްޕެއިނަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ޔޫއެސްއެއިޑް އަދި އެމެރިކަން ބާ އެސޯސިއޭޝަން ގުޅިގެން ފެށި ކެމްޕެއިނެކެވެ. މި

މި ކެމްޕެއިންގެ އެންމެ ބޮޑު އަމާޒަކީ، ޝަރުއީ ދާއިރާއަށް އާންމުން އަހުލުވެރިކުރުވުމެވެ. އެގޮތުން ކެމްޕެއިންގެ ތެރެއިން ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާމެދު އަހުލުވެރިވުން އިތުރުކުރުވުމާއި ކޯޓުތަކުގެ މަސައްކަތަތްތަކާ ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރެވިގެން ދާނެއެވެ.

comment ކޮމެންޓް