ފެނުމުން މަހުރޫމްވެފައިވާ މި ދެ ފަސިންޖަރުންނަށް އާރްޓީއެލުން ކުރެވުނީ އެއްވަނައިގެ ދަތުރެއް!

އާރްޓީއެލްގައި ދަތުރުކުރި މާޒިންއާއި ޒިޔާއު ތަޖުރިބާ ކިޔައިދެނީ --

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަށް ޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެމްޓީސީސީ އިންނެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ނަމުގައި އެމްޓީސީސީން މުޅި ރާއްޖެއަށް ފެރީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަށައިފައިވާއިރު، އާރްޓީއެލްގެ ދަތުރުތަކުގައި ބޭނުންކުރާ އުޅަނދުތަކާއި، ކުރާ ދަތުރުތަކުގައި ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އެންމެ ރަނގަޅު ކުރުމަކީ އެމްޓީސީސީގެ އަމާޒެވެ.

ފެނުމުން މަހުރޫމްވެފައިވާ ލޯފަން ދެ ފަސިންޖަރުން އާރްޓީއެލް ފެރީގައި މި ފަހުން ކުރި ދަތުރުގެ ތަޖުރިބާ އާންމުކުރުމާއެކު މި ކަން ވެފައިވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ކަމަކަށެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ މެންބަރުން ކަމަށްވާ މުހައްމަދު މާޒިންއާއި އަބްދުﷲ ޒިޔާއު އެ މީހުންގެ ތަޖުރިބާ ހިއްސާކުރަމުން ބުނި ގޮތުގައި އާރްޓީއެލްގެ ފެރީތަކުން އެ މީހުންނަށް ލިބުނު ޚިދުމަތަކީ '100އިން 100' ދޭ ވަރުގެ ޚިދުމަތެކެވެ.

"އެންމެ ޔަގީންވާ އެއް ކަމަކީ އަޅުގަނޑުމެންނަށް ހަމަ ގައިމު ވެސް އެ އިންނަ ވަގުތަކަށް އެ ރަށަކަށް ދެވޭނެކަމުގެ ޔަގީންކަން މިއަދު އަޅުގަނޑުމެންނަށް ކަށަވަރު،" ބޮޑުތިލަދުންމަތީގެ ރަށްތަކަށް ކުރި އެ ދަތުރުގައި ހއ. ހޯރަފުށްޓަށް ދިއުމުގެ ކުރިން މާޒިން ބުންޏެވެ.

އެހީތެރިއަކަމަކާ ނުލައި، ފެރީ ޓާމިނަލަށް ފަސޭހައިން ދިއުމުގެ އިންތިޒާމާއި ފެރީއަށް އަރުވައިދިނުމާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމްޓީސީސީގެ ފެރީ ކްރޫގެ މެމްބަރުންގެ މަސައްކަތް ރަނގަޅުކަމަށް މާޒިން އާއި ޒިޔާއު ބުންޏެވެ.

"މާޒިން ފާހަގަކުރިހެން ވަރަށް ފަސޭހަ ލޯންޗެއް. އުޅެލަން ވެސް ވަރަށް ފަސޭހަ ލޯންޗެއް. ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ވަކި ޖާގަތަކެއް ހުސްކުރެވިގެން އެންސްޕާގެ ކާޑު އޮވެއްޖެކަމުގައިވަނީ ނަަމަ ހިލޭ ދަތުރުކުރެވޭ،" ޒިޔާއު ބުންޏެވެ.

މީގެ އިތުރުން ލޯންޗުގެ ފަރުމާއާއި އެތެރޭގައި ކުރެވުނު ތަޖުރިބާއަށް ބަލައި ދަތުރުތަކުގައި ބޭނުންކުރާ ލޯންޗަކީ އެތެރޭގައި އުޅެން ފަސޭހައި، ގޮނޑިތަކުގައި އިށީނދެލައިގެން އިންނަން އަރާމު ގޮނޑިތަކެއްކަމަށް މާޒިން ބުންޏެވެ.

"ވަރަށް އަރާމު ހިތްގައިމު ސީޓުތަކެއް ޒިޔާއު ފާހަގަކުރިހެން. އަޅުގަނޑުމެން ގޮސް ގޮނޑީގައި ބައިންދައިދީފައި ނޫން ގޮތަަކަަށް އަޅުގަނޑުމެންގެ ކްރޫ ނުވަތަ މި އާރްޓީއެލްގެ ކްރޫ އަތަކަށް ގުޑައެއްނުލާނެ،" މާޒިން ބުންޏެވެ.

މީގެ އިތުރުން އިތުރު އެހީތެރިކަމެއް ބޭނުންވިޔަސް ކޮންމެ ވަގުތަކު ލިބޭކަމަށް އެ ދެ މީހުން ބުންޏެވެ.

ޖުމްލަ ގޮތެއްގައި އާރްޓީއެެލް ފެރީތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެރީތަކެއްކަަމަށް އެ ދެ މީހުން ބުންޏެވެ. އަދި ދަތުރުގެ ތަޖުރިބާއާއި އާރްޓީއެލް ފެރީގައި ހަރަކާތްތެރިވާ ކްރޫ މެމްބަރުންގެ ޚިދުމަތް ރަނގަޅުކަމަށް ބުންޏެވެ.

އިތުރަށް ޚިދުމަތް ފުރިހަމަކުރެވިދާނެ ކަމެއްގެ ގޮތުގައި މާޒިންއާއި ޒިޔާއި ފާހަގަކުރީ، ފެނުމުން މަހުރޫމްވެފައިވާ ފަސިންޖަރުންނަށް ފަސޭހަކޮށްދިނުމަށް ޓަކައި، ދަތުރުގެ މަންޒިލާއި ދިގުމިން، ދަތުރަށް ފުރުމުގެ ކުރިން ކިޔައިދިނުމެވެ.

އަދި އެ ރަށަކަށް އާދެވުމުން، އާދެވުނު ވާހަކަ ވެސް ފަސިންޖަރުންނަށް އެނގޭހެން އިއުލާނުކޮށްދިނުމެވެ.

"އާރްޓީއެލްގެ ޚިދުމަތް މިއަށްވުރެ އިތުރަށް ފުރިހަމަކޮށްލަން ބަލާއިރުގައި ކޮންމެ ރަށަކުން ނައްޓައިލާ އިރުގައި ދެން އަޅުގަނޑުމެން މަޑުކޮށްލާނީ މި ރަށަށޭ. އެ ރަށަށް މަޑުކުރީމާ މިހާރު މިވެނި ރަށަކަށް މަޑުކުރީއޭ. ބައެއް ފަހަރު އެ ރަށްރަށަށް މަޑުކޮށްލީމާ މަޑުކޮށްލާ ވާހަކަ ކިޔާ. އެހެންނަމަވެސް އިތުރަށް ފުރިހަމަކޮށްލުމަށް ޓަކައި ނައްޓައިލުމުގެ ކުރިން ދެން ތިމަންނަމެން ދެން މަޑުކުރާނީ މި ރަށަށޭ، ތިމަންނަމެންގެ ރޫޓިންއަކީ މިޔޭ، ބުނެލައިފިއްޔާ މާޒިން ދެން ހަމަ އާރްޓީއެލްގެ ވާހަކަ [ދައްކާނީ] ޓަޗެއް ޖަހައިލައިފައި،" ޒިޔާއު ބުންޏެވެ.

އާރްޓީއެލްގެ ޚިދުމަތް ފަށައި، މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ.

އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ތެރެއިން ހއ. ހދ. ށ، ގެ ދަށުން، ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓެއްގެ ދަތުރުތައް އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިއީ އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީޚުގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ހެޔޮ ބަދަލެވެ.

comment ކޮމެންޓް