ޢީދު ފާހަގަކުރެއްވުމަށް ރައީސް ގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގެންފި

ޢީދު ފާހަގަކުރެއްވުމަށް ރައީސް، ހިންނަވަރަށް ވަޑައިގަތުން --

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް، ރައްޔިތުންނާއެކު ޢީދު ފާގަހަކުރެއްވުމަށް ނުރަސްމީ ދަތުރުފުޅެއްގައި އުފަންވެވަޑައިގެންނެވި ރަށް، ޅ. ހިންނަވަރަށް މިއަދު ވަޑައިގެންފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރައީސް ހިންނަވަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓަކައި އާއިލާ ބޭފުޅުންނާއި ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދިޔަ ކަމަށެވެ.

ޢީދު ފާހަގަކުރެއްވުމަށް ރައީސް، ހިންނަވަރަށް ވަޑައިގަތުން --

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް މި ވަޑައިގެންނެވީ ޢީދު ފާހަގަ ކުރެއްވުމަށް، އަނބިކަނބަލުން ފަޒްނާ އަހްމަދުއާއިއެކު ތޮއްޑުއަށް ވަޑައިގެން އުޅުއްވުމަށްފަހުގައެވެ. ނަމަވެސް އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަޑައިގެންފައެއް ނުވެއެވެ.

ޢީދު ފާހަގަކުރެއްވުމަށް ރައީސް، ހިންނަވަރަށް ވަޑައިގަތުން --

ރައީސް ވަނީ އއ. ތޮއްޑުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއެކު އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ.

އޭގެ އިތުރުން ރައީސްގެ ދެ ކަނބަލުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި ތޮއްޑޫ ކަނބަލުންގެ ފަރާތުން ދެއްވި ޢީދު ދުވަހުގެ ޚާއްސަ ސަޤާފީ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

comment ކޮމެންޓް