ތޮއްޑޫގައި ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް އަޅައިދޭން ރައީސްގެ ކިބައިން އެދިއްޖެ

ތޮއްޑޫ ގެ ކަނބަލުން ދިން ޚާއްސަ ޘަޤާފީ މެންދުރުގެ ފަރިއްކޮޅުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުން -- ފޮޓޯ ރައީސް އޮފީސް

އއ. ތޮއްޑޫގައި އެންމެ ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް އަޅައިދޭން އެރަށުގެ އަންހެންކަނބަލުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކައިބައިން އެދިއްޖެއެވެ.

ޢީދު ފާހަގަ ކުރެއްވުމަށް ތޮއްޑުއަށް ވަޑައިގެންނެވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި ތޮއްޑޫ ގެ ކަނބަލުންގެ ފަރާތުން ދެއްވި ޢީދު ދުވަހުގެ ޚާއްސަ ސަޤާފީ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ފަރިއްކޮޅުގެ ފަހުން ރައީސް ވަނީ ތޮއްޑޫގެ ކަނބަލުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރަށުގެ ވޮލީ ކުޅުންތެރިންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ވޮލީ ކޯޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށް ބުންޏެވެ.

އެބައްދަލުކުރެއްވުމުގައި ރައީސް، ވަނީ އެކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ތޮއްޑޫއިން ފުރާ ވަޑައިގެންނެވުމުގެ ކުރިން ރައީސްގެ ދެ ކަނބަލުން ވަނީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮންޕެނީއަށް ޒިޔާރަތްކުރައްވާފައެވެ.

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް ރައީސް ޒިޔާރަތް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ޒިޔާރަތުގައި ރައީސް ވަނީ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަނުގެ މަސައްކަތް ކުރިޔަށްދާގޮތުގެ މައުލޫމާތު އޮޅުންފިލުވާލައްވާފައެވެ.

comment ކޮމެންޓް