މާފަޅުން 200 ހެކްޓަރު ރަސްދުއާއި ތޮއްޑުއަށް ދީފި

ރަސްދޫ ކައިރީ އޮންނަ މައިފަޅު --

އއ. ރަސްދޫ ކައިރީ އޮންނަ މާފަޅު ދެބައިކޮށް، އެ ފަޅުން ބައެއް ރަސްދޫއާއި ތޮއްޑޫގެ އިހުތިސާސްގެ ތެރޭގައި މިއަދު ހިމަނައިފިއެވެ.

އެ ދެ ރަށަށް މާފަޅުން ބައެއް ދޭން ނިންމީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނެރުއްވި ރިޔާސީ ގަރާރަކުންނެވެ. އެ ދެ ގަރާރު ވެސް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

ސަރުކާރުން އާންމުކޮށްފައިވާ ގަރާރުގައި ބުނާ ގޮތުން ދެ ރަށަށް ވެސް ދީފައިވަނީ މާފަޅުން 200 ހެކްޓަރު ސަރަހައްދެކެވެ.

އެ ފަޅުން ރަސްދޫއަށް ލިބުން ސަރަހައްދު ----

އެ ގަރާރުގައި ބުނެފައިވަނީ އެ ރަށްތަކުގެ އިހުތިސާސްގެ ތެރޭގައި ފަޅެއް ހިމަނައިދެއްވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

ރަސްދުއާއި ތޮއްޑޫގެ އިހުތިސާސުގައި ހިމަނުއްވާފައިވާ މާފަޅަކީ ރަސްދޫގެ އުތުރުން އޮންނަ ފަޅެކެވެ.

މިދިޔަ ހަފުތާގައި ރައީސް ވަނީ އއ. އުކުޅަހުގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު ގަލަގިލި ހިމަނައި، ހއ. ތުރާކުނުގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު ވަނގާރު ހިމަނުއްވާފައެވެ. އަދި، އދ. މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު މާފަރުފަޅު ވެސް ވަނީ ހިމަނައިދެއްވައިފައެވެ.

comment ކޮމެންޓް