މާލޭ ފެންހިންދާ ނިޒާމާއި އެއްގަމު ތޮށި މަރާމާތު ކުރަން ޖައިކާއިން ސާވޭއެއް ހަދަނީ

ޖައިކާ އާ އެކު އެއްބަސްވުމުގައި ސޮއި ކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލޭ ފެން ހިންދާ ނިޒާމާއި އެއްގަމު ތޮށި އަޕްގްރޭޑް ކުރަން ސާވޭއެއް ހަދަނީމާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކުރުމާއި މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމަށްޓަކައި އެ ކަމާ ގުޅޭ ސާވޭއެއް ހެދުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ އެކު ޕްލޭނިން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް ޝާނާ ފާރޫގެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޕްރިޕަރޭޓަރީ ސާވޭ ޓީމުގެ ލީޑަރު ޓުސުކިޒޮއި މެގުމިއެވެ. މި މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

ޖައިކާ އާ އެކު އެއްބަސްވުމުގައި ސޮއި ކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މި ދެ ދިރާސާ ކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައި ވާއިރު، މި މަސައްކަތާ ގުޅޭ އިތުރު ތަފްސީލެއް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި މިހާރު ގާއިމްކޮށްފައިވާ އެއްގަމު ތޮއްޓަކީ ވެސް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން 1990 ވަނަ އަހަރު ހަދާފައިވާ ތޮއްޓެކެވެ.

ޖައިކާއިން ވަނީ މީގެ ކުރިން ވެސް މި މަސައްކަތާ ބެހޭ ދިރާސާއެއް ހަދާފައެވެ. އެ ފަހަރު ކުރި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ 1991 އަހަރުން ފެށިގެން 1992އާ ހަމައަށެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް މިފަދަ ސާވޭއެއް ހެދުމަށް ޖައިކާ ކުންފުންޏާ އެކު ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފައިވެއެވެ.

comment ކޮމެންޓް