އެމްއައިބީގެ އިވެންޓް ''ނުވަޔަކަށް''، ކުރަން މި އުޅެނީ ކޮން ކަމެއް؟

އެމްއައިބީގެ ޚާއްސަ އިވެންޓް

އެމްއައިބީގެ ޚާއްސަ "ނުވަޔަކަށް" އިވެންޓު މިރޭ ނުވައެއް ޖަހާއިރު އޮންނާނެއެވެ. އެކަމަކު މި އިވެންޓަކީ ކީއްކުރަން، ކޮން ސަބަބަކާ ހެދި ބާއްވާ އިވެންޓެއް ކަމެއް އެނގޭ މީހަކު ނެތެވެ.

މިރޭ ނުވައެއް ޖަހާއިރު އޮންނަ މި އިވެންޓަކީ އެމްއައިބީގެ ފޭސްބުކް ޕޭޖްއިން ވެސް ލައިވް ކުރާނެ އިވެންޓެކެވެ. ކޮންމެއަކަސް، މި ނުވައެއް، އާންމުން ސުވާލުމާކެއްގެ ތެރެއަށް ވައްޓާލައިފިއެވެ.

މި އިވެންޓުގައި އޮންލައިންކޮށް ވީހާ ވެސް ގިނަ މީހުން ބައިވެރިވުމަކީ އެ ބޭންކުގެ އެދުމެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ މިހާރު ގިނަ ބަޔަކު މުސާރަ ޖަމާކޮށް ފައިސާ ރައްކާކުރަން ބޭނުންކުރާ ބޭންކެކެވެ. އެމްއައިބީގެ ކާޑުން، ރާއްޖޭގެ ވިސާ ކާޑު ގަބޫލުކުރާ ކޮންމެ ފިހާރައަކުންވެސް އިތުރު ޗާޖަކާ ނުލާ ވިޔަފާރިކޮށްލެވެއެވެ.

އަދި އެބޭންކުގެ ވިސާ ޕްލެޓިނަމް ކާޑުން ރާއްޖޭން ބޭރުން ވިޔަފާރިކޮށްލުމަށް ފްލެކްސިބަލް ލިމިޓްތަކާއެކު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ. އަދި، ފައިސާ ޖަމާކޮށް ނެގޭ އޭޓީއެމްތަކާއި ޒަމާނީ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އެ ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.

ދާދި ފަހުން އެ ބޭންކުން ވަނީ ޒަމާނީ ޚިދުމަތްތަކަކާއެކު އެ ބޭންކުގެ ވެބްސައިޓެއް ލޯންޗްކޮށް، އެ ބޭންކުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ކަމާއެކު ޚިދުމަތް ހޯދޭނެ މަގު ވެސް ތަނަވަސް ކޮއްދީފިއެވެ.

އެހެންކަމުން މިފަދަ ތަފާތު އިވެންޓެއް އެ ބޭންކުން ބާއްވާ ކަމީ އެ ބޭންކުގެ ކަސްޓަމަރުން ނުހަނު ޝައުގުވެރިކުރުވަނިވި ކަމަކަށް ވާނެއެވެ.

comment ކޮމެންޓް