ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ގިނަ ވަޒީފާތަކަކަށް ދިވެހިން ހޯދަނީ

ހދ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ -- ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގިނަ ވަޒީފާތަކަކަށް ބިދޭސީންގެ ބަދަލުގައި ދިވެހިން ހޯދަން އިއުލާނުކޮށްފިއެވެ.

އެގޮތުން އިއުލާނުކޮށްފައިވާ ވަޒީފާތަކަކީ:

  • ސްޕެޝަލިސްޓް ރެޖިސްޓްރާ އިން އީއެންޓީ (ކަރުން މަތީގެ ބަލިތަކަށް ޚާއްސަ)
  • ސްޕެޝަލިސްޓް ރެޖިސްޓްރާ އިން އޯތޮޕީޑިޝަން (ކަށީގެ ބަލިތަކަސް ޚާއްސަ)
  • ސްޕެޝަލިސްޓް ރެޖިސްޓްރާ އިން އެނެސްތީސިއޮލޮޖީ (ހޭނެއްތުމަށް ޚާއްސަ )
  • ސްޕެޝަލިސްޓް ރެޖިސްޓްރާ އިން އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ (އަންހެނުންގެ ބަލިތަކަށް ޚާއްސަ)
  • ސްޕެޝަލިސްޓް ރެޖިސްޓްރާ އިން ސާޖަރީ (ސާޖަރީތަކަށް ޚާއްސަ)
  • ސްޕެޝަލިސްޓް ރެޖިސްޓްރާ އިން އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ (އަނގައިގެ ބަލިތަކަށް ޚާއްސަ)
  • ސްޕެޝަލިސްޓް ރެޖިސްޓްރާ އިން ޕެތެލޮޖީ
  • ސްޕެޝަލިސްޓް ރެޖިސްޓްރާ އިން ސައިކެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްސަ)

މި މަގާމްތަކަށް ދާއިމީކޮށް މުވައްޒަފުން ނަގާއިރު، ޖުމްލަ 12 މުވައްޒަފުން ބޭނުންވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ މެޑިކަލް އިންސިޓިޓިއުޓެއްގައި އިންޓާންޝިޕް ފުރިހަމަކޮށްފައިވުން ހިމެނެއެވެ.

އަދި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް އަށަކަށްވުރެ ދަށްނޫން، ސްޕެޝަލިޓީ ޕޯސްޓް ގްރޭޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވާ މީހެއްކަމުގައި ވާންޖެހެއެވެ.

މީގެ އިތުރުން ވެސް އެ ހޮސްޕިޓަލުން އިތުރު މަގާމްތަކަށް މީހުން ހޯދުމަށް ވަނީ ހުޅުވާލާފައެވެ. އެ މަގާމްތަކަކީ:

  • މެޑިކަލް އޮފިސަރުން: ހަތް މީހުން

މި މަގާމަށް ވެސް މީހުން ނަގަން ނިންމާފައި ވަނީ ދާއިމީކޮށެވެ. މަގާމަށް މީހުން ނެގުމުގައި ބަލާނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރައްޖިސްޓްރީކޮށް (ބޭސިކް) ލައިސަންސް ލިބިފައިވޭތޯއެވެ.

  • ރެޖިސްޓާޑް ނާސް: 17 މީހުން

މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.

  • އެސިސްޓެންޓް ކަސްޓަމާ ސާވިސް އޮފިސާ: ހަތަރެއް

މި މަގާމަށް ދާއިމީކޮށް މީހުން ނަގާއިރު، ޝަރުތު ހަމަވާނީ އޮފިސާ ގްރޭޑް އެކެއްގެ ލެވެލް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ.

މި މަގާމްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އެ ހޮސްޕިޓަލުގެ އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަންނާނެއެވެ. ފޯމް ހުށަހަޅަންޖެހޭ ފަހު ވަގުތަކީ އަންނަ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 6521661 އަށް ގުޅުމަށް ހޮސްޕިޓަލުން އެދެއެވެ.

comment ކޮމެންޓް