މިޔަރެއް ހަމަލާދީ މީހެއްގެ އަތް ވަރަށް ބޮޑަށް ޒަހަމު ކޮށްލައިފި

މިޔަރު ހަމަލާދިން މީހާ އިތުރު ފަރުވާއަށް ގެންދަނީ-- ފޮޓޯ: އިހަވަންދޫ މަސްވެރިންގެ ޕޭޖް

މިޔަރެއް ހަމަލާދީ ދިވެހި މަސްވެރިއެއްގެ އަތް ވަރަށް ބޮޑަށް ޒަހަމު ކޮށްލައިފިއެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި މިޔަރު ހަމަލާ ދީފައިވަނީ ހއ އަތޮޅުގައި ފާާނަ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދިޔަ ފ. ފީއަލި ދޯންޏެއްގައި މަސައްކަތް ކުރާ މަސްވެރިއަކަށެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހއ. ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިއަދު ވަނީ ގެންގޮސްފައެވެ.

މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިޔަރު ހަމަލާ ދީ ޒަހަމު ކޮށްލައިފައިވާ ތަނުގައި ހަ ސެންޓިމީޓަރު ހުރި ކަމަށެވެ. އަދި އޭނާ ގެނައީ ޒަހަމުވެފައިވާ ތަނުން ލޭ މަނާ ނުވުމުގެ ސަބަބުން ކަމަށްވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މިހާރު އެ ހޮސްޕިޓަލުން ދަނީ އެ ކޭސް އޮބްސާވް ކުރަމުންނެވެ.

comment ކޮމެންޓް