ތިނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ގދ. ތިނަދޫ. (ފޮޓޯ/ސްޓޫޑިއޯ 33)

ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު 13:30ހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 48 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

މި މަރާއި ގުޅޭ އިތުރު ތަފުސީލް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު، އެ މައުލޫމާތާ ގުޅިގެން އެ ސީން ގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި އެ ބޭފުޅުންނަށް ވެސް އެ މަރާއި ގުޅޭ މައުލޫމާތު އަދި ލިބިފައިނުވެއެވެ.

comment ކޮމެންޓް