އެމްޓީސީސީގެ އިލެކްޓްރިކް ބަސްތައް ޗާޖުކުރާ ސްޓޭޝަނެއް މާލޭގައި ބަހައްޓައިފި

އެމްޓީސީސީން ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ޖަޕާން އެމްބެސެޑަރު ތަކޭޗީ މިޑޯރީ އިފްތިތާހުކުރައްވަނީ --- ފޮޓޯ/ޓްރާންސްޕޯޓު މިނިސްޓްރީ

އެމްޓީސީސީން ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ)ގެ މިނީ ބަހަށް ހާއްސަކޮށްގެން މާލޭގައި ފުރަތަމަ ފަހަރަށް ޗާޖިން ސްޓޭޝަނެއް ބަހައްޓައިފިއެވެ.

"ކްލައިމެޓް ޕްރޮމިސް" ޕްރޮޖެކްޓްގެ ދަށުން އެ ޗާޖިން ސްޓޭޝަން ބަހައްޓާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީ ގުޅިގެންނެވެ.

މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލްގައި ބަހައްޓާފައިވާ އެ ޗާޖިން ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ, އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މިނީ ބަހަށް ހާއްސަކޮށްގެން ބެހެއްޓެ ޗާޖިން ސްޓޭޝަން ރަސްމީކޮށް މިއަދު ވަނީ ހުޅުވާފައި ---- ފޮޓޯ: ސަން

ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު އެ ބޭފުޅުން ވަނީ އިލެކްޓްރިކް މިނީ ބަހުގައި މާލޭގައި ދަތުރުކޮށްފައެވެ. އަދި މާދަމާއިން ފެށިގެން އެ ސްޓޭޝަނުން ހިދުމަތް ދެމުންދާނެ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް