ފުލުހުންގެ ބަންދުން ފިލި މީހާ ދޯންޏެއްގެ ތެރޭގައި އޮއްވާ އަތުލައިގެންފި

ދާންދޫ ފުލުހުންގެ ސްޓޭޝަނުން ފިލި މީހާ އަތުލައިގަނެގެން ގެންދަނީ --

ގއ. ދާންދޫ، ފުލުހުންގެ ސްޓޭޝަނުގައި ބަންދުގައި ހުއްޓާ ފިލި މީހާ މިއަދު ހޯދައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ފުލުހުންގެ ސްޓޭޝަނަށް ހާޒިރުކުރި އުމުރުން 49 އަހަރު އެ ދިވެހި ފިރިހެން މީހާ ފިލީ ރޭ 12:57 ހާއިރުއެވެ.

އޭނާ މިހާރު ފެނިފައިވާއިރު ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "ސަން"އަށް ވިދާޅުވީ އޭނާ ފެނިފައިވަނީ މިއަދު އޮޑިހަރުގެއެއް ތެރޭގައި ބަންނަމުންދިޔަ ދޯންޏެއްގެ ތެރޭގައި އޮއްވާ ކަމަށެވެ. އޭނާ އޮތީ އެ ދޯނީގެ ދިރުނބާކޮޅުގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދާންދޫ ފުލުހުންގެ ސްޓޭޝަނުން ފިލި މީހާ އަތުލައިގަނެގެން ގެންދަނީ --

ފުލުހުން ވެސް ވަނީ އޭނާ ފެނުނުކަން ޔަގީންކޮށް ދީފައެވެ.

މި މަހުގެ ހަވަނަ ދުވަހު އއ. ރަސްދޫ ފުލުސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓާ ވެސް މީހަކު ވަނީ ފިލައިގެން ދިޔައެވެ. ފިލައިގެން އުޅުނު އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) އެ ރަށާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިގެން އޭގެ ޖެހިގެން އައި ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް