ފުލުހުންގެ ބަންދުގައި ހުރި މީހަކު އަނެއްކާ ވެސް ފިލައިފި

ގއ. ދާންދޫ --

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަނެއްކާ ވެސް ފިލަައިގެން ގޮސްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ދާންދޫ ފުލުހުންގެ ސްޓޭޝަނަށް ހާޒިރުކުރި މީހަކު 12:57 ހާއިރު ފިލައިފައިވާތީ އޭނާ ހޯދުމުގެ މަަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ ހަވަނަ ދުވަހު އއ. ރަސްދޫ ފުލުސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓާ ވެސް މީހަކު ވަނީ ފިލައިގެން ދިޔައެވެ. ފިލައިގެން އުޅުނު އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) އެ ރަށާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިގެން އޭގެ ޖެހިގެން އައި ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް