ވަގު ޑޮލަރު ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

މީހަކު ޑޮލަރުތަކެއް ގުނަނީ: ވަގު ޑޮލަރު ގެންގުޅުނު މީހަކު ވަނީ ހައްޔަރުކޮށްފަ ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ސައްހަ ނޫން ޑޮލަރު ގެންގުޅުނު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އުމުރުން 38 އަހަރުގެ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ބަންދަށް ހަތް ދުވަސް އިތުރު ކޮށްދީފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި, އޭނާގެ ކުށުގެ ރެކޯޑް އޮވެއެވެ. އަދި ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ގޮތުން ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ވެސް ވަނީ ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ ޒުވާނަކު ހައްޔަރު ކޮށްފައެވެ. އަދި އެ ދެ މީހުންގެ ބަންދަށް އޭރު 40 ދުވަސް ވެސް އިތުރުކުރިއެވެ.

comment ކޮމެންޓް