މާދަމާ ކަރާ ބަހަން ފަށަނީ، އައިޑީ ކާޑަކަށް ދެ ކަރާ

ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭ ރައްޔިތުންނަށް ހަދިޔާ ކުރި 15 ޓަނު ކަރާ މާދަމާ ބަހަން ފަށަނީ --

ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭ ރައްޔިތުންނަށް ހަދިޔާ ކުރި 15 ޓަނު ކަރާ މާދަމާ ބަހަން ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ 12 ޓަނުގެ ކަރާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި އިތުރަށް ވެސް ކަރާ ލިބޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ކަރާ ބެހުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިއުމުން ކަރާ ލިބޭނެ ކަމަށެވެ. ކޮންމެ އައިޑީކާޑަކަށް ލިބޭނީ ދެ ކަރާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލަށް ވަނީ 12 ޓަނުގެ ކަރާ މިހާރު ލިބިފައި --

ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން މާދަމާ ހެނދުނު 09:30 ން 15:00 އަށް، 21:30 ން 00:00 އަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށާއި މެންދުރުފަހު 13:00 ން 17:00 އަށެވެ.

އުއްޗުގެ ފަރާތުން، މާލޭ ރައްޔިތުންނަށް ހަދިޔާ ކުރި 15 ޓަނު ކަރާ މާދަމާ ބަހަން ފަށަނީ --

މީގެ އިތުރުން، 15،000 ކާށި ވެސް ވަނީ ސިޓީ ކައުންސިލަށް ލިބިފައެވެ. އެ ކާށިތައް ވެސް އެ ތާރީހުތަކުގައި ބަހަން ނިންމައިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.

މީގެ ކުރިން ވެސް ޗަމްޕާ ބްރަދާސްއިން ވަނީ ޖުމުލަ 35،000 ކާށި މާލޭ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ.

comment ކޮމެންޓް