ބުދަ ދުވަހު، ހޯނޑެއްދުއަށް އިތުރު ފެން ފޯރުކޮށްދެވޭނެ: ފެނަކަ

ގދ. ހޯނޑެއްދޫ --- ފޮޓޯ/ ފޭސްބުކް

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ފެނަށް ޖެހުނު ގދ. ހޯނޑެއްދުއަށް ބޭނުންވާ އިތުރު ފެން، އަންނަ ބުދަ ދުވަހު ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ހޯނޑެއްދޫ ފެނަށް ޖެހުނީ ވާރޭ ނުވެހި އޮންނަތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ވެފައި ވަނިކޮށެވެ. އެހެންވެ، އެ ރަށު ކައުންސިލުގެ އެދުމުގެ މަތިން ފެނަކައިން އެ ރަށަށް 20 ޓަނު ފެން ފޯރުކޮށްދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ނަމަވެސް މީގެ ކުރިން ހޯނޑެއްދޫ ކައުންސިލުން "ސަން"އަށް ބުނީ، އެ ފެނުން ނުފުދޭ ކަމަށެވެ. އަދި, އެންމެ ފުރަތަމަ ވެސް އެދުނީ 50 ޓަނުގެ ފެން ފޯރުކޮށްދިނުމަށް ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އެ ފެން ހުސްވުމުގެ ކުރިން އިތުރަށް ބޭނުންވާ ފެން ފޯރުކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

https://www.sun.mv/176404

އެކަމާ ގުޅިގެން ފެނަކައިގެ މީޑިއާ އޮފިޝަލު މިރޭ "ސަން"އަށް ވިދާޅުވީ، 30 ޓަނުގެ ފެން އަންނަ ބުދަ ދުވަހުގެ މެންދުރު ކުރިން އެ ރަށަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ހޯނޑެއްދޫގެ ފެނުގެ ދަތިކަން އަދިވެސް އެއްކޮށް ހައްލުނުވާއިރު، އެ ރަށުގައި ސަރުކާރުން ގާއިމުކުރި ބޯފެން އުފައްދާ ޕްލާންޓެއް ވެސް ހުރެއެވެ. އެ މަސައްކަތް ނިންމައި 2021 އިން ފެށިގެން ފެނަކައިން ވަނީ އެ ޕްލާންޓާ ހަވާލުވެފައެވެ.

މި ވަގުތު އެ ރަށުގައި ފެން ހުރި ނަމަވެސް އެކަން ހައްލު ނުވާތީ، އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން އަދިވެސް އެބައޮތެވެ.

comment ކޮމެންޓް