މަންޓާ އިން އިތުރު ސީޕްލޭނެއް ގެނެސްފި

މަންޓާގެ އައު ސީ ޕްލޭން އެމެރިކާގައި --- ފޮޓޯ/ މަންޓާ

މަންޓާ އެއާ އިން އިތުރު ސީ ޕްލޭނެއް ރާއްޖެއަށް ގެނެސްފިއެވެ.

އިއްޔެ މަންޓާ އިން ގެނައި މި ފްލައިޓާ އެކު، އެ އެއާލައިންގެ ފްލީޓަށް މިހާރު މިވަނީ 17 ފްލައިޓް އިތުރުވެފައެވެ. މި ފްލައިޓް ރާއްޖެ އައީ އެމެރިކާއިންނެވެ.

މި ފްލައިޓް އައުމާ ގުޅިގެން މަންޓާ އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގައި އެންމެ އަވަސް ގޮތެއްގައި ކުރިއަރަމުން އަންނަ ސީ ޕްލޭން ފްލީޓަށް އައު ފްލައިޓެއް އިތުރު ކުރުމަކީ މަންޓާ އަށް ލިބޭ އުފަލެއް ކަމުގައެވެ.

މަންޓާ އިން 17 ވަނަ ފްލައިޓް ގެނެސް، ސީ ޕްލޭން ފްލީޓް ބޮޑު ކޮށްފައިވާއިރު، އިތުރު 12 ބޯޓު ހޯދަން އެ އެއާލައިނުން ވަނީ މިދިޔަ ޑިސެމްބަރު މަހު އިއުލާނު ކޮށްފައެވެ.

މަންޓާ އެއާ އިން އެކުންފުނީގެ ފުރަތަމަ ސީޕްލޭން ގެނައީ އޮކްޓޯބަރު 2019ގައެވެ. އެކުންފުނިން ރަސްމީކޮށް އެތެރޭގެ އުދުހުންތައް ފެށީ ފެބްރުއަރީ 2019ގައެވެ.

comment ކޮމެންޓް