ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ނުވަ މިލިއަން ރުފިޔާ ފަގީރުންނަށް ޖަމާކޮށްފި

ފިތުރު ޒަކާތް ބަލައިގަތުން --

މި އަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް ޖަމާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް 175،485 މީހުން ވަނީ ޒަކާތް ދައްކައިފައެވެ.

ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 މީހުންގެ ތެރެއިން، މާލެ ސިޓީން 1736 މީހުންނަށް، ބޮލަކަށް 3450 ރުފިޔާގެ ރޭޓުން މިދިޔަ ބުރާސްފަތި ދުވަހު ރުފިޔާ ޖަމާކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 ކިލޯއެވެ. ގޮވާމުގެ ގޮތުގައި ލިިބުނު ޒަކާތް ވެސް ބަހައި ވަނީ ނިންމައިފައެވެ.

comment ކޮމެންޓް