ލޯބިވެރިޔާއަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާއަށް ޖިސްމާނީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ލޯބިވެރިޔާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އިއްޔެ ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން އޭނާއާ ދެކޮޅަށް ކުރަނީ މާރާމާރީ ހިންގުމުގެ ތުހުމަތެވެ.

އޭނާއާ ދެކޮޅަށް އެކަށިގެންވާ ތުހުމަތެއް ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ އެ ކޯޓުގެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

"މީނާ ޖިސްމާނީ ގިތުން އަނިޔާކޮށް، ބިރުދައްކާފައި ވަނީ މީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފަރާތާ މެދު ކަމުގައި ވާތީ، ބަންދުން ދޫކޮށްލައިފިނަމަ މިކަން ތަކުރާރުވުމުގެ ފުރުސަތު އޮތުމުން، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެނެއެވެ." ކޯޓު އަމުރުގައި ވެއެވެ.

comment ކޮމެންޓް