އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު މިރެއަށް ހަމަވަނީ

އެމް ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމުގެ ފުރުސަތު މިރެއަށް ހަމަވަނީ ---

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މިރެއަށް ހަމަވާނެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް އުރީދުއިން ވަނީ ޒަކާތް ދެއްކުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އެ ފުރުސަތު ހަމަވާނީ މިރޭ 23:59 ހަމައަށެވެ.

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އެމް-ފައިސާ އަށް ލޮގިން ކުރުމަށްފަހު، ޒަކާތް ދައްކަން ބޭނުންވާ ބާވަތް އިޚްތިޔާރުކޮށް، ފައިސާ ދައްކާ ފަރާތުގެ މަޢުލޫމާތު ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި އެމް-ފައިސާ ޚިޔާރު ކުރުމަށްފަހު، ވޮލެޓް ނަންބަރު ޖަހައި، ޕޭމަންޓް ކަށަވަރު ކުރުމަށް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖަހަން ޖެހޭނެއެވެ.

އުރީދޫއިން ބުނީ ޒަކާތުގެ އިތުރުން، މި ރަމަޟާންމަހު އެ ކުންފުނިން މިޝަން ފޮ މައިގްރަންޓް ވޯކާސްއާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އެމް-ފައިސާ މެދިވެރިކޮށް ރޯދަ ވީއްލުމެއް ހަދިޔާ ކުރެވޭނެ ގޮތްވެސް ފަހި ކޮށްދީފައިވާ ކަމަށެވެ. ރޯދަވީއްލުން ސަދަގާތް ކުރައްވަން ބޭނުންވާ މީހުންނަށް މާދަމާރޭ 11:59 އާއި ހަމައަށް އިފްތާރު ހަދިޔާ ކުރުމަށް ފައިސާ ދެއްކޭނެ ކަމަށާއި ހަދިޔާ ކުރާ އިފްތާރް ޕެކްގެ އަގަކީ 50 ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ކެންސަ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެއެވެ. އެމް-ފައިސާގެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުމާއި އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުމާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެއެވެ.

އެމް-ފައިސާގެ މި ޚިދުމަތްތަކާއި އޮފާތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް އުރީދޫއިން މަރުހަބާ ކިޔާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް