ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ

ރ. މަޑުއްވަރީ ކައުންސިލްގެ އެސްޖީ އަހްމަދު އަސްލަމް ---

ރ. މަޑުއްވަރީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަސްލަމް ނިޔާވެއްޖެއެވެ.

މަޑުއްވަރީން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ ކައުންސިލްގެ ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އެސްޖީ އަސްލަމް ހުންނަވަނިކޮށް ފާރާއި ޕިކަޕްދޭތެރޭ ފިތިގެންކަމަށެވެ.

"އެ ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭފައި ބުރައްކަށް ފިތާލުމުގެ ބަދަލުގައި ސްޕީޑަށް ފިތާލެވިފަ އެހުރީ. ދިޔަގޮތަށް ކާރުގަ ޖެހުނީ އަސްލަމްއާ އެއްކޮށް،" އެރަށުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

އަސްލަމް ނިޔާވެފައި ވަނީ އުނގޫފާރު ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ މަޑުއްވަރީ ކައުންސިލްގެ އެސްޖީ ކަމާ ހަވާލުވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

comment ކޮމެންޓް