ފުރޮޅު ފަޅައިގެން ދިޔަ ބޯޓު ގެންގޮސްފި

ވައިއޭގެ ރަންވޭ މަތީގައި ފްލައި ދުބާއީގެ ފްލައިޓެއް ޓަޔަރު ފަޅައިގެން ގޮސްފައި --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭއަށް ލޭންޑް ކުރުމުގެ ތަރޭގައި ފުރޮޅު ފަޅައިގެންދިޔަ ފްލައި ދުބާއީ ފްލައިޓް ގެންގޮސްފިއެވެ.

ލޭންޑް ކުރުމުގެ ތެރޭގައި ބޯޓުގެ ފުރޮޅު ފަލައިގެން ދިޔައީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. ފްލައި ދުބާއީގެ އެ ބޯޓަކީ، ބޯއިން 737 މެކްސް 9 މަރުކާގެ ބޯޓެކެވެ.

މިކަމާ ގުޅިގެން އޭވިއޭޓާސް މޯލްޑިވްސްއިން ބުނީ، އެ ބޯޓު ގެންދިޔައީ ހާދިސާއަށް އެއް ހަފުތާ ފަހުން މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ވައިއޭގެ ރަންވޭ މަތީގައި ފްލައި ދުބާއީގެ ފްލައިޓެއް ޓަޔަރު ފަޅައިގެން ގޮސްފައި ----

ދުބާއީން ރާއްޖެ އައި ފްލައި ދުބާއީގެ ފްލައިޓް ލޭންޑް ކުރުމުގެ ތެރޭގައި ޓަޔަރެއް ފަޅައިގެން ގޮސް ރަންވޭ މަތީގައި ތާށިވުމާ ގުޅިގެން އެދުވަހު ވަނީ ރަންވޭ ބަންދުކޮށްފައެވެ. އަދި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން ރަންވޭ ހުޅުވީ އެދުވަހު ހަވީރު 5:50ގައެވެ.

އެމްއޭސީއެލްއިން އަންނަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ރަންވޭ ބަންދުކުރުމާ ގުޅިގެން އެ ވަގުތު ޖައްސަން އޮތް ބައެއް ފަލްްއިޓްތައް ޑައިވާޓްކޮށް ކުރިއެވެ.

މި ހާދިސާ ހިނގީ ވީއައިއޭގައި އަލަށް ހުޅުވި ރަންވޭގައެވެ. އެ ރަންވޭ ހުޅުވައި ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

އާ ރަންވޭ ހުޅުވިފަހުން ވަގުތީ ގޮތުން އެ ރަންވޭ ބަންދުކުރަން ޖެހުނު އެއީ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް