ސައޫދީގެ ފްލައިނާސްއިން ވައިގެ މަގުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ފްލައިނާސްއިން ވައިގެ މަގުން ރާއްޖެއަށް ދަތުރުތައް ފަށަނީ -- ފޮޓޯ/ އަރަބިއަން ބިޒްނަސް

ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ފްލައިނާސްއިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

ފްލައިނާސްއިން ވަނީ 2023 ވަނަ އަހަރު އަލަށް ދަތުރު ފަށަން އޭޝިއާއާއި ޔޫރަޕްގެ 10 މަންޒިލެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އާ ހަތަރު މަންޒިލާއި އާ ހަ ރޫޓު ހިމެނެއެވެ.

އާ 4 މަންޒިލް:

  • ދިވެހިރާއްޖެ
  • އަރްމީނިއާގެ ވެރިރަށް ޔެރެވާން
  • ތުރުކީގެ ސިޓީއެއް ކަމަށްވާ އަންޓަލިއާ
  • މޮންޓެނީގްރޯގެ ސިޓީއެއް ކަމަށްވާ ޓިވަޓް

އާ 6 ރޫޓު:

  • ސައޫދީގެ ސިޓީއެއް ކަމަށްވާ ދަމާމް އިން އޮމާންގެ ސިޓީއެއް ކަމަށްވާ ސަލާލާއަށް ދަތުރުކުރާ ހަތަރު ރޫޓު
  • ތުރުކީގެ އިސްތަންބޫލާއި ޓްރަބްޒޯން ސިޓީއަށް ދަތުރުކުރާ ރޫޓު
  • އަލްބޭނިއާގެ ވެރިރަށް ޓިރާނާ އަށް ދަތުރުކުރާ ރޫޓު

ފްލައިނާސް އިން ބުނީ ކުރިއަށް އޮތް ތަނުގައި މި ރޫޓުތަކުގެ އިތުރުން އެ ގައުމުގެ ޖިއްދާއިން ތުރުކީގެ ސަލާލާއި ބޮޑްރަމް ސިޓީއަށް އިތުރު ދެ ރޫޓެއް އޮޕަރޭޓް ކުރާނެ ކަމަށެވެ.

ފްލައިނާސް އިން މިއަހަރުގެ ހޫނު މޫސުމުގެ ޝެޑިއުލްގައި އަލަށް ދަތުރުކުރާ ރޫޓުތަކާއިއެކު ޖުމްލަ 20 މަންޒިލަކަށް ދަތުރުތައް އޮޕަރޭޓް ކުރާނެ އެވެ.

ފްލައިނާސްގެ ސީއީއޯ ބެންޑާ އަލްމޮހަނާ ވިދާޅުވީ ސައުދީ ފްލައިނާސްގެ އާ މަންޒިލްތަކާއި ރޫޓުތަކުން ދައްކުވައިދެނީ އެކުންފުނީގެ ކުރިއެރުން ފުޅާކުރުމަށް ކުރާ ބުރަ މަސައްކަތްތައް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އެއާލައިންގެ ވިޝަންއަކީ 2030 ގެ ނިޔަލަށް އަހަރަކު 330 މިލިއަން ފަސިންޖަރުންނާއި، 250 ބައިނަލްއަގްވާމީ މަންޒިލްތަކާއި 100 މިލިއަން ފަތުރުވެރިންނާ ހަމައަށް ވާސިލްވުމެވެ.

ފްލައިނާސްގެ އަމާޒަކީ މެދުއިރުމަތީގައި އެންމެ ޚިދުމަތް ރަނގަޅު އަގުހެޔޮ އެއާލައިނަކަށް ވުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ކެޓަގަރީގެ އެންމެ މޮޅު 10 އެއާލައިންގެ ތެރޭގައި ހިމެނޭ އެއާލައިނަކަށްވުމެވެ.

comment ކޮމެންޓް