ކުޑަކުދިންނަށް ހަނގާކުރުމުގެ މައްސަލަތަކާއި އަނިޔާކުރުމުގެ މައްސަލަތައް ބޮޑު: ނައިބު ރައީސް

"ސްމައިލް އޮން" ކެމްޕެއިން ފެށުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ކުޑަކުދިންނަށް ހަނގާކުރުމުގެ މައްސަލަތަކާއި އެކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އެބައޮތްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ސްމައިލްއޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި، ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ، ކުޑަކުދިންނަށް ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަޚުލާޤީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށާއި، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެމައްސަލަތައް ހުރިކަން ޤަބޫލުކުރެވިގެން ކަމަށެވެ.

"ސްމައިލް އޮން" ކެމްޕެއިން ފެށުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން އަހަރެެމެންގެ މުޖުތަމައުގައި ކުޑަކުދިންނަށް ހަނގާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ފަދަ ދަރަޖައަކަށް އެބައޮތްކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން، އެމަނިކުފާނު ވިދާޅުވީ، ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވާކަމީ އުއްމީދު އާވެގެންދާ ކަމެއް ކަމަށެވެ.

"ސްމައިލް އޮން" ކެމްޕެއިން ފެށުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ހަނގާކުރުން ހުއްޓުވުމުގައި އެއްބާރުލުންދީ، މުޖުތަމަޢުގެ އެންމެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެކަމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ހަވީރު ވިލިމާލޭގައި ހުންނަ، މުޙްޔިއްދީން ސްކޫލުގައި ބޭއްވި އެ ރަސްމިއްޔާތުގައި ވަނީ، ހަނގާކުރުމަށް ހޭލުންތެރިކުރުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ޅެމުގެ ރަމްޒީ ފިލައެއް ނައިބު ރައީސަށް އަރުވާފައެވެ.

"ސްމައިލް އޮން" ކެމްޕެއިން ފެށުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސްމިޖަލްސާއަށްފަހުގައި، ހަނގާކުރުމުން ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޕްލެޖް ވޯލްގައި ލިޔުން ފައްޓަވައިދެއްވައި، ނައިބު ރައީސް ވަނީ އެ ވޯލްގައި ލިޔުއްވާފައެވެ.

"ސްމައިލް އޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ރައްކާތެރިކުރުމުގެ މަހުގެ ގޮތުގައި، ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާޗްމަހުގެ 23އަށް، އެއްމަސްދުވަހުގެ މިހަރަކާތްތައް ކުރިއަށް ގެންދާނީ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި އެޑިޔުކޭޝަނުން މިނިސްޓްރީ ގުޅިގެންނެވެ.

comment ކޮމެންޓް