މެޑަމް ސާޖިދާ ވޯލްޑް ޗިލްރަންސްޑޭ އާޓް އެގްޒިބިޝަން ހުޅުވައިދެއްވައިފި

އާޓް އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން, ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނެއް މިއަދު ހުޅުވައިދެއްވައިފިއެވެ.

އާޓް އެގްޒިބިޝަން ހުޅުވައިދެއްވީ ހުޅުމާލޭގައި ހުންނަ ސީއެޗްސީ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

"ދަ އައިލެންޑް ވީ ވޯންޓް" ނަމުގައި ބާއްވާ މި އާޓް އެގްޒިބިޝަނަކީ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ ގުޅިގެން ޔުނިސެފުން އިންތިޒާމުކުރާ އެގްޒިބިޝަނެކެވެ.

އެގްޒިބިޝަން ހުޅުވައިދެއްވުމަށްފަހު މެޑަމް ސާޖިދާވަނީ އެގްޒިބިޝަނުގެ ކުރެހުންތައް ބައްލަވާ ލައްވާފައެެވެ.

ރާއްޖޭގެ ހުރިހާ ސުކޫލުތަކަށް ހުޅުވާލައިގެން ބާއްވާ މި އާޓް އެގްޒިބިޝަނުގައި ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރަހެންހުންތައް ބަހައްޓައިފައި ހުންނާނެއެވެ.

އޭގެ ތެރެއިން އެންމެ މޮޅު 15 ކުރެހުން ހޮވައި އިއުލާންކުރުން އޮންނާނެއެވެ.

މި އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ)އިން ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ވެސް ވަނީ ނެރެފައެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހަކީ ސީއާރްސީން 1989ވަނަ އަހަރު ފާހަގަކުރަން ފާސްކުރި ދުވަހެކެވެ.

comment ކޮމެންޓް