ލޯނަށް ފައިސާ ދެއްކުމުން މޭޔަރު ނިޒާރަށް ކުރި ދައުވާ ބާތިލް ކޮށްފި

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: އޭނާގެ މައްޗަށް އުފުލި ދައުވާ ވަނީ އަނބުރާ ގެންގޮސްފަ ---

އިތުރު މީހަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމުން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރުގެ މައްޗަށް އުފުލި ދައުވާ ބާތިލް ކޮށްފިއެވެ.

ޖުމްލަ 1,248,000 (އެއްމިލިއަން ދެލައްކަ ސާޅީސްއަށްހާސް ރުފިޔާ) ގެ އެ ލޯނު މޭޔަރު ނިޒާރު ނަގާފައިވަނީ ބަންޑާރަ ގޯއްޗަކާއި ރެސްޓޯރަންޓެއް ރަހުނުގެ ގޮތުގައި ބެހެއްޓުމަށްފަހުއެވެ.

އެގޮތުން މޭޔަރު ނިޒާރާއި އޭނާގެ ޕާޓުނަރުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެބަސްވުމާ އެއްގޮތަށް ލޯނަށް ފައިސާ ދައްކަމުންނުދާތީ, އެ ފައިސާ ދައްކާ ހަލާސްކުރަން ދެން ރަހުނު އެގްރިމަންޓްގެ ދަށުން ލިބެންޖެހޭ އެންމެހައި ހައްގުތަކާއި ބާރުތައް ބާތިލް ނުވެ ދެމިގެންދާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.

ސިވިލް ކޯޓުން އެ ދައުވާ ބާތިލްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ބީއެމްއެލްއިން ހޯދަން އެދިފައިވާ ފައިސާ އެ ފަރާތަކުން ދައްކާ ހަލާސްކޮށްފައިވާތީ ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް