ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނުން 68 ޕަސަންޓު ވަކީލުން ފާސް

ޖެނުއަރީ 31، 2019: ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 18ވަނަ ދުވަހު ރައްޖޭގެ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ މިއަދު ބާ ކައުންސިލުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ބާ ކައުންސިލުން ބުނީ އިމްތިހާން ހެދި ވަކީލުންގެ ތެރެއިން 68 ޕަސަންޓު ވަކީލުން މި އިމްތިހާނުން ފާސްވެފައި ވާކަމަށެވެ. އަދި އިމްތިހާނުގައި ބައިވެރިވި ވަކީލުން ހޯދި އެވްރެޖް ނަތީޖާއަކީ 66 ޕަސަންޓުކަމަށް ވެސް ބަ ކައުންސިލުން ބުންޏެވެ.

މި އިމްތިހާނުގައި ބައިވެރިވި ވަކީލުންގެ ތެރެއިން 18 ވަކީލުން ވަނީ، ޓޮޕް އެޗީވާސް ލިސްޓުގައި ހިމެނިފައެވެ. އަދި ތިން ވަކީލުން ވަނީ އެންމެ މަތިން މާކްސް ހޯދާފައެވެ.

ބާ އިމްތިހާނު ހެދި ވަކީލުންގެ ޓޮޕް އެޗީވާސް ލިސްޓުގައި ހިމެނެނީ، ޔުނިވާސިޓީ އޮފް ލަންޑަންގެ ހަ ދަރިވަރުންނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ހަތް ދަރިވަރުންނާއި، ވިލާ ކޮލެޖުގެ ހަތަރު ދަތިވަރުންނާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާގެ ދަރިވަރެކެވެ.

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ހެދި ފުރަތަމަ ބާ އިމްތިހާނެވެ.

comment ކޮމެންޓް