ހުރަވީ ސްކޫލުގެ ދަރިވަރުންނަށް ހެލްތު ސްކީރިނިން އިވެންޓެއް ޓްރީ ޓޮޕްއިން ބާއްވައިފި

ހުރަވީ ސްކޫލުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ގެންދިޔަ ހެލްތް ސްކީރިނިން އިވެންޓުގެ ތެރެއިން --- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

އެޑިއުކޭޝަން މިނިސްޓްރީއިން ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅިގެން, ހުރަވީ ސްކޫލްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ހެލްތު ސްކްރީނިން އިވެންޓެއް ބާއްވައިފިއެވެ.

މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެގޮތުން މި ހެލްތު ސްކްރީނިން އިވެންޓުގައި ގްރޭޑް އެކަކާއި ހަތަރަކާއި ހަތެކުން ޖުމްލަ 445 ދަރިވަރުން ވަނީ ބައިވެރިވެފައިވެއެވެ.

މި ސްކްރީނިން އިވެންޓުގެ ކުރިން އެ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޕީޑިއޭޓްރިޝަން ޑރ ރުކްސާނާ އަހުމަދު ކުރިއަށް ގެންގޮސްފައިވެއެވެ.

ހުރަވީ ސްކޫލުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ގެންދިޔަ ހެލްތް ސްކީރިނިން އިވެންޓުގެ ތެރެއިން --- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

މި ސެޝަނުގައި ޑރ. ރުކްސާނާ ވަނީ ކުޑަކުދިންނަށް ބޭނުންވާ މާއްދާތަކާއި ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.

މި ހެލްތު ސްކްރީނިން އިވެންޓުގެ މަގުސަދަކީ، ބަލިވުމުގެ ސަބަބުން ފަރުވާއަށް ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭ ހާލަތްތައް ދެނެގަތުމަށް އެހީތެރިވެދޭނެ އަސާސީ ހެލްތު ސްކްރީނިން އެސެސްމަންޓްތައް ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމުގައި ޓްރީ ޓޮޕުން ބުނެއެވެ.

އެ ހޮސްޕިޓަލުން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ ސިއްހީ މައުލޫމާތު ފެތުރުމާއި، ގަވާއިދުން ސިއްހީ ފަރުވާއާއި ތަހުލީލުގެ މުހިންމުކަމުގެ މައުލޫމާތު ހިއްސާކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ އުންމީދުގައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާ ބެހޭ އިތުރު މަޢުލޫމާތު 3351610 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.

comment ކޮމެންޓް